އެމެރިކާގެ އިޤްތިޞާދީ ދުވެލި ހަލުވި ކުރުމަށް މަސައްކަތްތަކެއް
އެމެރިކާގެ އިގުތިސާދީ ދުވެލި ޗައިނާ ފަހަނައަޅައި ކުރިއަށް ޖެހޭނެ ކަމަށާއި މިއަހަރު މުޅިން އާ ރެކޯޑެއް އެމެރިކާ ހަދާނެ ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
ބައިޑަން ވިދާޅުވި ގޮތުގައި އިގުތިސާދީ މާހިރުން ލަފާކުރާ ގޮތުގައި ދުނިޔޭގައި އެންމެ ދުވެލި ބާރު އިގުތިސާދުތަކުގެ ތެރޭގައި އެމެރިކާ ހިމެނެ އެވެ. އަދި ގައުމުތަކާ އަޅާ ކިޔާ ނަމަ ބައިޑަން ވިދާޅުވީ ތަޖުރިބަކާރުން ދެކެނީ ޗައިނާއަށް ވުރެ ކުރީގައި އެމެރިކާ އޮންނާނެ ކަމެވެ.
އެމެރިކާގެ ރައީސްގެ މަގާމާ ހަވާލުވެ ވަޑައިގަތް ފަހުން 10.5 މިލިއަން ވަޒީފާ އުފައްދަވާފައި ވާނެ ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ. މިއީ އަދި ހަމައެކަނީ އެމެރިކާގެ ފަސްގަނޑަށް ނިސްބަތްކޮށް ހިސާބު ޖެހުމުން ނުކުންނަ ނަތީޖާ ކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭގެ މާލީ އިދާރާ -- އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކުރާ ގޮތުގައި ޗައިނާގެ އިގުތިސާދު މިއަހަރު 3.2 ޕަސެންޓްގައި ހަމަޖެހިލައިގެން އޮންނާނެ އެވެ. ޗައިނާގެ އިގުތިސާދު އަންނަ އަހަރު 4.4 ޕަސެންޓަށް ޖެހޭނެ ކަމަށްވެސް މާލީ އިދާރާއިން ބުނެއެވެ.
އެހެން ނަމަވެސް، އައިއެމްއެފް އިން ލަފާކުރާ ގޮތުގައި އެމެރިކާގެ އިގުތިސާދު މިއަހަރުގެ ބޮޑުބައިގައި އޮންނާނީ 1.6 ޕަސެންޓާ ހިސާބު ކިރިލަ ކިރިލައެވެ.
އެމެރިކާގެ އިގުތިސާދާ މެދު މިނިވަން މާހިރުންގެ ރައުޔަކީ އަންނަ އަހަރު އެމެެރިކާގެ އިގްތިސާދީ ހާލަތު ދައްވާނެ ކަމަށް ބުނުމެވެ. އަދި "ރިސެޝަން"އޭ މިކިޔާ މަރުހަލާ ކޮންމެވެސް ބާވަތަކަށް އެމެރިކާ ތަޖުރިބާކުރާނެ ކަމަށްވެސް އިގުތިސާދީ ތަޖުރިބާކާރުން ބުނެއެވެ.
އެމެރިކާގެ ފައިނޭންސް މިނިސްޓަރު ޖެނެޓް ޔެލެން ވިދާޅުވާ ގޮތުގައި މިނިވަން ތަޖުރިބާކާރުން ދެކެވަޑައިގަންނަ ވަނީ އެންމެ ރަނގަޅަށެވެ.
އެމެރިކާގެ އިގުތިސާދީ ހާލަތާ މެދު އެ ބޭފުޅުންގެ ވިސްނުން އެ ގޮތަށް އޮތް ނަމަވެސް ރިސެޝަން އަކީ އެއްވެސް ގައުމަކަށް ރެކެވޭނެ ކަމެއް ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އޭނާ އަދި ވިދާޅުވީ ގައުމެެއްގެ އިގުތިސާދީ ހާލަތަށް ބަދަލު އައުމުގައި މުޅި ދުނިޔެ ހިއްސާކުރެވެ އެވެ. ތަކެތި އުފައްދާ މީހުންނާއި ގަންނަ މީހުންނަށް ލާހިކުވެގެން ނޫން ގޮތަކަށް އިގުތިސާދީ ދުވެލި ބާރުނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.