އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅިގެން އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އަނެއްކާވެސް އިލެކްޝަން ކޮމިޝަނުން އިއުލާނު ކުރައްވައިފިއެވެ.
އިލެކްޝަން ކޮމިޝަނުން މި ފަހަރު ހޯދަނީ 34 މުވައްޒަފުންނެވެ. ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ހޯދަނީ އިންތިޚާބު ނިމެންދެނެވެ.
މަޤާމާއި ބޭނުންވާ ޢަދަދު:
3 މެނޭޖަރުން
3 ޓެކް އޮފިސަރުން
4 ސަޕޯޓް އޮފިސަރުން
1 ކޮންސަލްޓަންޓް
1 ސޮފްޓްވެއަރ ކޮންސަލްޓަންޓް
19 ސީނިއަރ އޮފިސަރުން
2 ގްރެފިކް ޑިޒައިނަރުން
މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަހުގެ 15:00 ގެ ކުރިންނެވެ.
އީސީން މީގެކުރިން ވަނީ ރިޔާސީ އިންތިޚާބާ ގުޅިގެން އީސީގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ 11 މުވައްޒަފުން ހޯދަން އިއުލާނު ކުރައްވައިފައެވެ. އީސީގެ އިޢުލާނުގައިވާ ގޮތުން އެ މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވާ އާދީއްތަ ދުވަހުގެ 15:00 އެވެ.