ޚަބަރު ސިޔާސީ

ޕާޓީތަކުގެ ދަފުތަރުގައި ޖެއްސުމުގެ ކުރިން ޝަކުވާއަށް ހުޅުވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ބައެއް ޕާޓީތަކުން ހުށަހެޅި ފޯމުތަކަކީ ސައްހަ ފޯމު ކަމުގައި ކަށަވަރުކުރުމަށް އިލެކްޝަން ކޮމިޝަނުން ޝަކުވާއަށް ހުޅުވާލައްއިފިއެވެ.

Ads by MWSC

އީސީން މިހާރު ކަނޑައަޅުއްވާފައިވާ އުސޫލުގެ ދަށުން ޕާޓީތަކުން ހުށަހަޅާ ފޯމުގައިވާ މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުން ހުށަހަޅާ ފޯމުތަކުގައިވާ މީހުންގެ ފުރިހަމަ ނަމާއި އައިޑީ ކާޑުގެ ފަހު ތިން އަދަދާއި ދަފްތަރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޕާޓީގެ ނަން ހިމެނޭގޮތަށް ޝަކުވާއަށް ހުޅުވާލައްވައި އިއުލާނު ކުރައްވައެވެ.

އަދި ފޯމުގައި ދަފްތަރުވުމަށް އެދި ހުށަހަޅާފައިވާ މީހުންގެ މޯބައިލް ނަންބަރަށް މެސެޖެއް ވެސް ފޮނުއްވައެވެ.

އީސީގެ ވެބްސައިޓުގައި އިއްޔެ ވަނީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ބައެއް ޕާޓީތަކުން ހުށަހެޅި ފޯމުތަކާގުޅޭ މަޢުލޫމާތު ހިމެނޭ ލިސްޓެއް ޢާންމުކުރައްވައިފައެވެ.

ލިސްޓުގައި ހިމެނޭ ފޯމުތަކުގެ އަދަދު:

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) : 16 ފޯމު

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) : 213 ފޯމު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) : 1100 ފޯމު

އެ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އީސީން އާ އުސޫލެއް ކަނޑައަޅުއްވާފައި މިވަނީ ޕާޓީތަކުގައި ތިބޭ
މެންބަރުންނަށް ނޭނގި އެ މެންބަރުން އެހެން ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާތީއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!