މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް!

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް އަރައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީން ވިދާޅުވީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1.6 މިލިއަން ވަނަ ފަތުރުވެރިއަކީ ޓެޖާސް ސަންޖޭ ކޮތަރީ ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
އޭނާ އަކީ އިންޑިއާއަށް ނިސްބަތްވާ މީހެއް ކަމަށާއި މިއީ އޭނާ ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރު ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދަނީ ރަޝިއާ އަދި އިންޑީއާ މާކެޓުންނެވެ. އެގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހާ ހަމައަށް224،640 ފަތުރުވެރިއަކު އިންޑިއާއިން ރާއްޖެ އައިސްފައިވެއެވެ. މިއީ މާކެޓުގެ 14.1 އިންސައްތަ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާ މާކެޓުން އައިސްފައިވަނީ 189،586 ފަތުރުވެރިންނެވެ. މިއީ ޖުމްލަ މާކެޓުގެ 12.3 އިންސައްތައެވެ.
މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4800 ފަތުރުވެރިން އާދެއެވެ. މިއަހަރުގެ ކޮންމެ މަހަކުވެސް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.