ވިޔަފާރި

އެސްޓީއޯ ހުޅުމާލޭ ފިހާރައިގައި އިޔަރ އެންޑް ސޭލެއް އަޅުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅުމާލޭގައި ހުންނަ އެސްޓީއޯ ފިހާރައިގައި އިޔަރ-އެންޑް ސޭލްއެއް ފަށައިފިއެވެ.

Ads by STELCO

މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް އޮންނަ މި ސޭލްގައި ގިނަ ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ހުކުރު ދުވަސް ފިޔަވައި ދެން ހުރި ދުވަސްތަކުގައި ސޭލް އޮންނާނީ ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށެވެ. ހުކުރު ދަވަހު އެ ސޭލް އޮންނާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސްކުރާ އިޔަރ-އެންޑް އަޅުވާފައިވަނީ ފިހާރަ ރިނޮވޭޝަނަށް ވަގުތީ ގޮތުން ބަންދުކުރުމަށްޓަކައެވެ. އަދި ބަދަލުތަކެއް ގެނައުމަށްފަހު އަލުން ފިހާރަ ހުޅުވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!