ފުލުހަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

ފުލުހަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ޅ.ކުރެންދުއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ.
ކޯޓުން އެ ގޮތަށް ނިންމެވީ ތުހުމަތު ކުރެވޭ މިންވަރަށް ހުށަހެޅި ހެކިތަކާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ހާދިސާ ރިޕޯޓަށް ބިނާކޮށެވެ.
އޭނާއަކީ ކުރިން ވެސް މީހަކަށް މަރުގެ އިންޒާރު ދިނުމުގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ.