ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ފުރަތަމަ ފޯމް ހުށަހެޅުއްވީ ރައީސް ނަޝީދު

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވެރިކަމަށް ކުރިމަތިލާފަރާތް ހޮވުމަށް ބާއްވާ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފޯމު ހުށަހަޅުއްވައިފިއެވެ.
މިކަން ހާމަ ކުރައްވާ މިރޭ ކުރެއްވި ޓްވީޓެއްގައި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރެއްވުމަށް ކެންޑިޑޭޓް ކަމުގެ ފޯމް ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ކަމަށެވެ.
އަންނަ މަހު 28 ގައި އޮންނަ މި ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ އިއުލާން ކުރައްވާފައެވެ. ރޭ ރަސްމީކޮށް، ރައީސް ޞާލިޙްގެ ޖަގަހަ ޖަލްސާތައް ވަނީ ފައްޓަވާފައެވެ
ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފަހު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ. އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެވެނީ ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދު ފޯމު ހުށަހެޅުމުންނެވެ.