ޚަބަރު

ދައުލަތުގެ އާމްދަނީ ދަށަށް ދާން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް(ކޮވިޑް-19) އާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް ކުރަމުންދާ އަސަރުތަކުގެ ސަބަބުން ދިވެހި ދައުލަތަށް ލިބޭ އާމްދަނީ ދަށަށް ދާން ފަށައިފިއެވެ.

Ads by Sosun Fihaara

މިދިޔަ މަހުގެ އާމްދަނީއާ ހަރަދުގެ ރިޕޯޓުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ދައުލަތަށް އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ ޖެނުއަރީ މަހުގެ ދައުލަތަށް އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި ލިބުނީ 1.9 ބިލިއަން ރުފިޔާއެވެ. ޓެކުހުގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ދައުލަތަށް ދެ ބިލިއަން ލިބުނު ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ލިބުނީ 1.7 ބިލިއަން ރުފިޔާއެވެ.

އެގޮތުން ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް ނުވަތަ ބީޕީޓީގެ ގޮތުގައި ލިބިފައި ވަނީ 567.3 މިލިއަން ރުފިޔާއެވެ. ވިތު ހޯލްޑިން ޓެކްސްގައި ލިބުނު އާމްދަނީ ދަށްވެފައިވާއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހު މި ޓެކުހުން 86.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު ލިބުނީ 77.7 މިލިއަން ރުފިޔާއެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު 302.1 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރުގެ ޖެނުއަރީ މަހު ލިބުނީ 287.5 މިލިއަން ރުފިޔާއެވެ.

ޓީޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު 485.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި އަހަރުގެ ޖެނުއަރީ މަހު މި އަދަދު ވަނީ 519.6 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި މި އަހަރު 68.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު ލިބުނީ 59.2 މިލިއަން ރުފިޔާ އެވެ.

ޓެކްސް ނޫން ގޮތް ގޮތް ގޮތުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 484.5 މިލިއަން ރުފިޔާ ޓެކްސް ނޫން ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. ނަމަވެސް މި އަހަރު ލިބިފައިވަނީ 215.3 މިލިއަން ރުފިޔާއެވެ.

ވައިރަހުގެ ސަބަބުން ފަތުރުވެރިކަމުގެ އެންމެ ބޮޑެތި މާކެޓުތަކުން މީހުން ރާއްޖެއައުން ސަރުކާރުން ވަނީ މެދުކަނޑާލާފައެވެ. އޭގެ ތެރޭގައި ޗައިނާ، ދެކުނު ކޮރެއާ އަދި އީރާން ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!