ޚަބަރު

ޖަރުމަނާއި ޗެކް ރިޕަބްލިކް ޝެންގެން ވިސާ ނެގޭ ސެންޓަރެއް ހުޅުވައިފި

ދެން އެމްވީ ، ދެން އޮންލައިން

ޖަރުމަނުވިލާތާއި ޗެކް ރިޕަބްލިކަށް ވިސާ ދޫކުރާ ސެންޓަރެއް މާލޭގައި ހުޅުވައިފިއެވެ.

Ads by STELCO

މި ވިސާ އެޕްލިކޭޝަން ސެންޓަރު ހުޅުވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖަރުމަނުވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑޭ އަދި ޗެކްރިޕަބްލިކް އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިލާން ހޮވޯކާ އެވެ.

މިނިސްޓަރު ޝާހިދު ވަނީ ރާއްޖޭގައި އަލަށް މިފަށާ ޚިދުމަތާއިއެކު، ޝެންގެން ވިސާ ހޯދުމަށް އަވަށްޓެރި ސްރީލަންކާއަށް ނުވަތަ އިންޑިއާއަށް ކުރަން ޖެހޭ ދަތުރުތަކަށް ނިމުމެއް އައިސް، ވިސާ ހޯދާ ފަރާތްތަކަށް ވަރަށް ބޮޑުތަކުން ޚަރަދު ކުޑަވެ، ޚިދުމަތް ހޯދަން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

އަދި އަމާޒަކީ ވިސާ އާއި ނުލާ ދިވެހިންނަށް އީޔޫގެ ގައުމުތަކަށް ދަތުރު ކުރެވޭނެ މަގު ކުރިއަށް އޮތްތަނުގައި ފަހިވުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި އެކަން ވާނެކަމުގެ އުއްމީދު އެބައޮތްކަމަށް ޖަރުމަންވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުވެސް މިރަސްމިއްޔާތުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޖަރުމަންވިލާތުގެ ސަފީރާއި ޗެކް ރިޕަބްލިކްގެ ސަފީރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި، އެމްއެމްޕީއާރްސީއާއި ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، މަޖިލިސް ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!