ޚަބަރު ސިޔާސީ

ރައީސް ނަޝީދުގެ ކެމްޕެއިން، މާދަމާ ފައްޓަވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު--

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ ކެމްޕެއިން ފެށުމުގެ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

Ads by STELCO

ނަޝީދުގެ ކެމްޕެއިން ފެށުމުގެ ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި ސަލްޓަން ޕާކުގައެވެ. މި ޖަލްސާގައި ނަޝީދާ ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެެވެ.

ނަޝީދުގެ ކެމްޕެއިން ފެއްޓެވުމަށް ފަހު ހއ، ހދ އަދި ށ. އަތޮޅަށް ކުރައްވާ ދަތުރެއް ފައްޓަވާނެ ކަމަށް އެ މަނިކުފާނުގެ ކެމްޕޭން ޓީމުން މަޢުލޫމާތު ދެއްވައެވެ. މި ދަތުރުފުޅު ފައްޓަވާނީ ބުރާސްފަތި ދުވަހުއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ވާދަ ކުރައްވަނީ އެ ޕާޓީގެ ރައީސް ނަޝީދާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!