ޚަބަރު

މި މަހުގެ 11 ގެ ކުރިން މިނިމަމް ވޭޖާ މެދު ކޮމިޓީން ގޮތެއް ނިންމަނީ

ދެން އެމްވީ ، ދެން އޮންލައިން

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ލަފަޔަކަށް އިކޮނޮމިކް މިނިސްޓްރީއިން އެދިފައިވާ މައްސަލަ މި މަހުގެ 11 ވަނަ ދުވަހަށް ނިންމުމަށް އިގްތިސާދީ ކޮމިޓީއިން ފާސްކޮށްފި އެވެ.

Ads by MWSC

މި މަހުގެ 11 ގެ ކުރިން އެ ރިޕޯޓާ މެދު ގޮތެއް ނިންމަން ކޮމިޓީ އަށް ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދުއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

އެ ހުށަހެޅުން ފާސްވީ ކޮމިޓީގައި ތިއްބެވި މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު މެމްބަރުންނާއި ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް މުޣުނީ އެވެ.

ކޮމިޓީން އެ ރިޕޯޓާ މެދު ގޮތެއް ނިންމުމުން ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. އެކަމާ މެދު އެންމެފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ކޮމިޓީން މިނިނަމް ވޭޖުގެ ރިޕޯޓާ މެދު ގޮތެއް ނިންމާނީ މިނިނަމް ވޭޖުގެ ގޮތުގައި ދެވޭނެ އަދަދާއެކުގައި ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ދެކޭގޮތުގައި ކޮމިޓީގެ ނިންމުގައި އަދަދެއް ހިމެނެންޖެހޭ. އެއީ އެންމެ ކުޑަ އުޖޫރައިގެ އަދަދު ހިމެނެންޖެހޭ. އެ ނިންމުމާއެކު މަޖިލީހުގެ ތަޅުމަށް ގެނެވޭނެ. ދެން އެރިޕޯޓާގުޅޭގޮތުން މަޖިލީހުން ނިންމާ ނިންމުން އެއީ މަޖިލީހުގެ ނިންމުން. މިނިސްޓަރ އެދިވަޑައިގަންފައިވަނީ މަޖިލީހުގެ ލަފަޔަކަށް" ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައަޅާ އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް އެކަން އެގޮތަށް ކުރެވިފައި ނުވާތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވަނީ އެކަމަށް މައާފަށް ވެސް އެދިވަޑައިގެންފައެވެ.

ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާ އަދަދު އިކޮނޮމިކް މިނިސްޓްރީން އަދި ހާމަކޮށްފައިނުވާއިރު މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އެރުވި ލަފާ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ އާއްމުކޮށްފައެވެ. އެގޮތުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށް ބޯޑުން ވަނީ އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވާފައެވެ.

ހިޔާލު ފާޅުކުރައްވާ

މި މަހުގެ 11 ގެ ކުރިން މިނިމަމް ވޭޖާ މެދު ކޮމިޓީން ގޮތެއް ނިންމަނީ
21 minutes agoހަސަން ރަޝީދު
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީ ދަށަށް ދާން ފަށައިފި
1 hour agoމުހައްމަދު އައިމަން
ޓްރާންސްޕޯޓު މިނިސްޓްރީއާ ގާސިމް ހަވާލުވޭ، އޭރުން އޯޑިއޯ ނުނިކުންނާނެ
1 hour agoހަސަން ރަޝީދު
މަޖިލީހުގެ ރައީސް ވަޒީރުންނަށް ރިޕޯޓު ދިނުން ހުއްޓާލަންޖެހޭ: ޖާބިރު
2 hours agoހަސަން ރަޝީދު
މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް އާއްމުންގެ ހިޔާލު ހޯދަނީ
2 hours agoމުހައްމަދު އައިމަން
އިންތިޚާބު އޮބްޒާވް ކުރަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
2 hours agoހަސަން ރަޝީދު

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!