އައިޖީއެމްއެޗްގެ ދެ ، ލެބް ޓެކްނީޝަނަކު ކޮވިޑަށް ފައްސި ވެއްޖެ

އައިޖީއެމްއެޗްގެ ދެ ، ލެބް ޓެކްނީޝަނަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، އައިޖީއެމްއެޗްގެ ލެބޯޓްރީގެ ދެ ޓެކްނީޝަނުން ބައްޔަށް ފައްސިވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.
މީގެ ކުރިންވެސް އައިޖީއެމްއެޗްގެ ލެބޯޓްރީ ޓެކްނީޝަނެއް ފައްސިވެފައިވެއެވެ. އެހެންކަމުން މިހާތަނަށް ތިން ލެބްޓެކްނީޝަނުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.
ކޯވިޑް19 އަށް ފައްސިވާ މީހުންގެ ތެރޭގައި ފްރޮންޓްލައިން ނުވަތަ ކުރީސަފުގައި މަސައްކަތްކުރާ މީހުންގެ އަދަދުތައްވެސް އަންނަނީ އިތުރުވަމުންނެވެ.