ދުނިޔެ

އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް، މިފަހަރު ރަޝިޔާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރަޝިޔާގެ ވޮލްގޯގްރާޑްގައި ހުރި ޕެޓްރޯލް ސްޓޭޝަނެއްގައި ބާރުގަދަ ގޮވުމެއް ގޮވާ، ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި މިހާދިސާގައި މިހާރުވެސް 13 ވަރަކަށް މީހުން ޒަޚަމްވެފައިވެއެވެ.

މިހާދިސާގެ ވީޑިއޯއެއް މިހާރު އިންޓަނެޓުގައި ދައުރުވަމުން އަންނައިރު، އެވީޑިއޯއިން ފެންނަނީ އެއްޗެއް ގޮވައިގެން ބާރުގަދަ އަޑެއް އިވުމަށްފަހު ބޮޑު އަލިފާން ބޯޅައެއް ފަޒާގެ ތެރެއަށް އަރައިގެންދާ މަންޒަރެވެ.

އެޤައުމުގެ ލޯކަލް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޒަޚަމްވީ މީހުންގެ ތެރެއިން ދިހަ މީހުންގެ ހާލަތު ސީރިއަސްވެ އެމީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ރަޝިޔާގެ ކުއްލި ޙާލަތްތަކާއިބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވާާ ގޮތުގައި، މިހާދިސާގައި އެންމެ ބޮޑަށް ޒަޚަމްވެފައިވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެޕެޓްރޯލް ސްޓޭޝަނަށް ކުރިން ގޮސްތިބި ފަޔަރ ފައިޓަރުން  ތަކެކެވެ.

"ކުއްލިއަކަށް އެއްޗެއް ގޮވައިގެން އެރި ބޮޑު އަލިފާންގަނޑާއިއެކު ފަޔަރފައިޓަރުން ދިޔައީ ބުރައިގެން" ފަޔަރ އެންޑް ރެސްކިޔު ޓީމުގެ ހެޑް ލަދިސްލާވް ކޯޕްޔޭވް ބުނިކަމަށް އެވުޒާރާއިން ބުންޏެވެ

ބެލެވޭ ގޮތުގައި އެޕްޓެރޯލް ސްޓޭޝަނުގައި މިއަދު އެންމެ ފުރަތަމަ އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ  ޓޭންކަރަކުން އަންޑާގްރައުންޑް ސްޓޯރެޖް ޓޭންކަކަށް ޕެޓްރޯލް ޕަމްޕް ކުރަން އުޅުމުގެ ތެރޭގައެވެ. ފަޔަރ ފައިޓަރުން ދިޔައީ އެއަލިފާންގަނޑު ނިއްވާލުމަށެވެ. ނަމަވެސް ފަހުން އެތަނުން އެއްޗެއް ގޮވައިގެން، ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.

ޚަބަރުތަކުން ބުނެފައިވާ ގޮތުގައި އެއަލިފާންގަނޑު 1000 މީޓަރު މައްޗަށް އަރައިގެން އަރައިގެން ދިޔައެވެ. ނަމަވެސްް މިބޮޑު ހާދިސާ ހިނގުމުގެ ކުރިން އެޕެޓްރޯލް ސްޓޭޝަނުން ވަނީ މީހުން ހުސްކޮށްފައެވެ.

މިއަލިފާންގަނޑު ނިއްވާލުމަށް 70 ވަރަކަށް ފަޔަރފައިޓަރުން އެތަނަށް ގޮސްފައިވެއެވެ.

ރަޝިޔާގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، މިދިޔަ ވަރަކަށް ދުވަސް ކުރިން ލުބްނާންގެ ބޭއިރޫތުގައި ވެސް ވަނީ ބާރުގަދަ ގޮވުމެއް ގޮވާ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެހާދިސާގައި 200 އަށްވުރެ ގިނަ މީހުން އެޤައުމުން ނިޔާވެފައިވެއެވެ.

 

 

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!