ޚަބަރު

ރައީސް ޔާމީން މިނިވަންކޮށް، އަލުން ވެރިކަމަށް ގެނައުމަށް އިދިކޮޅުގެ ޤަރާރެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީޕީއެމް-ޕީއެންސީން ރޭ ބޭއްވެވި ބައްދަލުވުިމުގެ ތެރެއިން--

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްޤައްޔޫމު ޖަލުން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުމަށް އެ ކޯލިޝަނުގެ ސެނެޓުން ފާސްކުރައްވައިފިއެވެ.

Ads by MWSC

އިދިކޮޅު ކޯލިޝަނުގެ ސެނެޓުން މި ޤަރާރު ފާސްކުރައްވައިފައިވަނީ، މީރުމާ ހޮޓަލުގައި ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓުން، ރޭ ބޭއްވެވި ކުއްލި ބައްދަލުވުމެއްގައެވެ.

ޤަރާރު ފާސްކުރައްވައިފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 89 ސެނެޓަރުންގެ ތާއީދާ އެކުގައެވެ.

މި ޤަރާރުގައި ވާގޮތުން، ކްރިމިނަލް ކޯޓުން، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވީ އިސްލާމީ ޝަރީޢަތާ ޤާނޫނުތަކާވެސް ޚިލާފަށެވެ.

އަދި މިއީ އެމަނިކުފާނުގެ ޢަދާވާތްތެރިން ބޭނުންކޮށްގެން އިއްވި ފާސިޤު ޙުކުމެއް ކަމަށްވެސް ޤަރާރުގައިވެއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް، މުޅި ރާއްޖެ ނުކުތުމަށްވެސް ޤަރާރުގައި ގޮވައިލައިފައިވާއިރު، އެމަނިކުފާނު މިިނިވަން ކުރުމަށް ގޮވައިލައި އިދިކޮޅުން ސުލްޙަވެރި އެއްވުންތަކެއް ފަށައިގެން ސިލްސިލާ ގޮތެއްގައި މިހާރުވެސް އެބަ ކުރިއަށް ގެންދެއެވެ.

އަދި މި ހަފްތާގެ ހުކުރު ދުވަހު "ޚަރާން ޙުކުމް" މި ނަމުގައި، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވައިލައި މުޅި ރާއްޖޭގައިވެސް އަޑު އުފުލުމަށް ވަނީ ނިންމައިފައެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވާ ގޮތުގައި، އިސްތިއުނާފީ ކޯޓުން، އެމަނިކުފާނު މިިނިވަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތެވެ. އަދި ހައިކޯޓުގައި، ދަށު ކޯޓުގެ ޙުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ވަަރަށް އަވަހަށް ފައްޓަވާނެ ކަމަށްވެސް ވަކީލުން އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވިއެވެ.

 

Ads by Allied Insurance
  1. ރަސީ

    ތިމާމެންް ސަރިއަތްތަކަށް އަތްބާނާ ހިތުހުރިގޮތަކަށް ހުކުންކުރީ އެއީތޯއިސްމީޝަރިއަތަކީ ﷲ އަނިޔާވެރިން ފަލީހަތްކުރައްވާ ހައްޤު ފާޅުކުރައްވާށިއެ.