ދުނިޔެ

ނޭޕާލް އިން އިންޑިއާއަށް ބިލިޔަނަކަށްވުރެ ގިނަ ޔުނިޓް ކަރަންޓް އެކްސްޕޯޓްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނޭޕާލް އިލެކްޓްރިސިޓީ އޮތޯރިޓީ (އެންއީއޭ) އިން އިންޑިއާއަށް އެއް ބިލިއަން 357 މިލިއަން 757 ހާސް ޔުނިޓްގެ ކަރަންޓު އެކްސްޕޯޓްކޮށްފިއެވެ.

Ads by WAMCO

ޖޫން މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަރަންޓް އެކްސްޕޯޓުކޮށްގެން ދައުލަތުގެ ޕަވަރ ޔުޓިލިޓީއަށް 11 ބިލިއަން 163 މިލިއަން ރުޕީސްގެ އާމްދަނީއެއް ލިބިފައިވެއެވެ.

އެންއީއޭ އިން ވަނީ އެތެރޭގެ ބޭނުންތަކަށް ފަހު އިތުރަށް ކަރަންޓު އިންޑިއާއަށް ވިއްކާލައިފައެވެ. އިންޑިއަން އެނާޖީ އެކްސްޗޭންޖް ލިމިޓެޑް (އައިއެކްސް) ގެ "ޑޭ އެފޯޑް މާކެޓް" ގައި ކަރަންޓު ވިއްކަން ފެށީ ވާދަވެރިކަމެއްގެ ތެރެއިންނެވެ.

އިންޑިއާއާއެކު ކަރަންޓުގެ ވިޔަފާރި ކުރަނީ އިންޑިއާގެ ފައިސާއިން ކަމަށްވާތީ، ކަރަންޓް ވިއްކައިގެން އިންޑިއާގެ 6 ބިލިއަން 976 މިލިއަން 900 ހާސް ރުޕީސް ވަނީ ނޭޕާލަށް އެތެރެވެފައެވެ. މީގެ ސަބަބުން ނޭޕާލްގެ ބޭރު ފައިސާގެ ރިޒާވް ވެސް ވަނީ އިތުރުވެފައެވެ.

މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 299 މިލިއަން 100 ހާސް ޔުނިޓްގެ ކަރަންޓު އެކްސްޕޯޓްކޮށްގެން ދެ ބިލިއަން 838 މިލިއަން 800 ހާސް ރުޕީސްގެ އާމްދަނީއެއް އެންއީއޭ އިން ހޯދާފައިވެއެވެ. މިއަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެއް ބިލިއަން 586 މިލިއަން 34 ހާސް ޔުނިޓްގެ ކަރަންޓު އެކްސްޕޯޓްކޮށްގެން 8 ބިލިއަން 324 މިލިއަން 240 ހާސް ރުޕީސް ލިބިފައިވެއެވެ.

އެންއީއޭގެ އެގްޒެކެޓިވް ޑިރެކްޓަރު ކުލްމަން ގިސިންގް ވިދާޅުވީ، ކޯރުތަކުގެ ފެނުގެ މިންވަރު ދަށްވެ، ފިނި މޫސުން ފެށުމާއެކު ކަތުމަންޑޫ ހިމެނޭ ގޮތަށް މުޅި ނޭޕާލަށް ކަރަންޓަށް އޮތް ޑިމާންޑް އިތުރުވެ، ކޯރުތަކުގެ ވައްތަރުގެ މަޝްރޫއުތަކުން ކަރަންޓު އުފެއްދުން މަދުވުމާ އެކު ކަރަންޓް އެކްސްޕޯޓް ކުރުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!