ގޭމް ކުޅޭ ފަރާތްތަކަށް އުރީދޫގެ އޮފަރ އެއް: 100 ރުފިޔާއަށް 100ޖީބީ ޑޭޓާ

އުރީދޫއިން 100 ރުފިޔާއަށް 100 ޖީބީގެ ޑޭޓާ ލިބޭ ޕެކެއް ތައާރަފްކޮށްފިއެވެ.
"ގޭމް އިން ވިތް 100ޖީބީ ޑޭޓާ"ގެ ނަމުގައި ތައާރަފުކުރި މި ޕެކް އެކްޓިވޭޓުކުރާ ދުވަހުން ފެށިގެން ތިން ދުވަހަށް ބޭނުން ކުރެވޭނެއެވެ. އުރީދޫން ވިދާޅުވީ މި ޕެކް އެކްޓިވޭޓްކޮށްގެން ގޭމިންގ އެންޑް ސްޓްރީމިންއަށް 80 ޖީބީ ލިބޭނެ ކަމަށެވެ. އަދި ރެގިއުލާ ޑޭޓާގެ ގޮތުގައި 20 ޖީބީ ލިބޭނެ ކަމަށް އުރީދޫން ވިދާޅުވިއެވެ.
އުރީދޫގެ އެ އޮފާ އުރީދޫގެ މޮބައިލް އެޕާއި *929*1# އަށް ގުޅައިގެން އެކްޓިވޭޓް ކުރެވޭނެއެވެ. ނުވަތަ 100GB ޖެހުމަށް ފަހު 5555އަށް އެސްއެމްއެސް ކޮށްގެން ވެސް އެ ޕެކް އެކްޓިވޭޓު ކުރެވޭނެއެވެ.