ރާއްޖެއިން މަސް އެކްސްޕޯޓު ކުރި މިންވަރު ދަށަށް ހިނގައްޖެ

ދިވެހިރާއްޖެއިން ބޭރުގެ ޤައުމުތަކަށް މަސް އެކްސްޕޯޓު ކުރި މިންވަރު ދަށަށް ހިނގައްޖެއެވެ.
ކަސްޓަމްސްގެ މި މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ އިން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކުރީ 65،392.5 މެޓްރިކް ޓަނުގެ މަހެެވެ، އަދި މިދިޔަ އަހަރުގެ ޖެނުއަރީ އިން އެ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކުރީ 69،113.9 މެޓްރިކް ޓަނުގެ މަހެވެ.
ތާޒާ އަދި ގަނޑުކުރި މަހުގެ ބާވަތްތަކުގެ ތެރެއިން މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރީ ކަޅުބިލަ މަހެވެ. މިގޮތުން، 46،812 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް އެކްސްޕޯޓް ކުރިއެވެ.
މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި ގޮތުގައި 7،869 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފައިވާއިރު، ބައިނަލްއަގްވާމީ ބާޒާރުގައި މިއަހަރުގެ ނޮވެމްބަރު މަހު ކަޅުބިލަ މަސް ކިލޯއެއް ހުރީ 24.4 ރުފިޔާ އަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ އަދަދު ހުރީ 24.7 ރުފިޔާ އަށެވެ.