އެޑްވަޓޯރިއަލް

މޮކައެ ކޮފީ ހިލޭ ރަހަ ބަލާލުމުގެ ފުރުސަތު!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސޯސަން ފިހާރައިގެ ސްޓޯލް.. މި ސްޓޯލް ހުންނާނީ ރެހެންދި ސްކޫލުގައި މިހާރު ކުރިޔަށްދާ ނައިޓް މާކެޓްގައި

ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަޤްބޫލު ސޯސަން ފިހާރައިން ދާދިފަހުން ރާއްޖެއަށް އެތެރެކޮށްފައިވާ މޮކައެ ކޮފީ ހިލޭ ރަހަ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

އެ ފިހާރައިން މި ނޫހާ ވާހަކަދައްކަމުން ބުނެފައިވަނީ ޕަސްކުއަލް ބްރޭންޑްގެ މޮކައެ ކޮފީ ރަހަ ބަލާލުމުގެ ފުރުސަތު މިހާރު ރެހެންދި ސުކޫލުގައި ކުރިޔަށްދާ ނައިޓް މާކެޓުން ލިބިގެންދާނެ ކަމަށެވެ. ސޯސަން ފިހާރައިގެ ސްޓޯލަކީ 7 ވަނަ ނަންބަރު ސްޓޯލެވެ.

މޮކައެ ކޮފީގެ ލާޓޭ، ކަޕަޗީނޯ، އެސްޕްރެސޯ، މަކިއާޓޯ ސޯސަން ފިހާރައިން ދަނީ ވިއްކަމުންނެވެ. މަދު ދުވަސްކޮޅެއް ތެރޭގައި މި ކޮފީއަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މި ޓޭސްޓިން އިވެންޓް ކުރިޔަށްދާނެވެ.

ޕަސްކުއެލް ބްރޭންޑަކީ ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. ސޯސަން ފިހާރައިން ރާއްޖެ އެތެރެކޮށް، މާކެޓްކޮށް ވިއްކަމުން އަންނަ މި ބްރޭންޑްގެ ގިނަ ބާވަތްތަކެއް ދިވެހިންގެ ތެރޭގައި މަޤްބޫލުކަން ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި ޕަސްކުއަލް ޔޯގަޓަކީ ދިވެހިންގެ ތެރޭގައި އެންމެ  މަޤްބޫލު އެއް ޔޯގަޓެވެ.

ޕަސްކުއަލް ބްރޭންޑްގެ އިތުރުން އިތުރު ބްރޭންޑްތަކުގެ މުދާ ވެސް ސޯސަން ފިހާރައިން ހޯލްސޭލް އަދި ރީޓެއިލް ކުރެއެވެ. އޭގެ ތެރޭގައި ޝާންގެ ބިރިޔާނީ ހަވާދު، ޒާރާ ބާސްމަތީ، ޕިލްސްބަރީ ކޭކުފުށް، ފަދަ ނަން މަޝްހޫރު ބްރޭންޑްތައް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!