ޚަބަރު ސިޔާސީ

ކަމެއް ނުކުރެވެނީ، ހުރިހައި ކަމެއް އެއްފަހަރާ ކުރަން އުޅޭތީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު، ރޭ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ---

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ކަމެއް ނުކުރެވެނީ ހުރިހައި ކަމެއްވެސް އެއްފަހަރާ ކުރަން އުޅޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ރައީސް ނަޝީދު ވަނީ  ރިސޯޓެއްގައި ހަތަރު އަހަރުގެ ތެރޭގައި ނަރުދަމާގެ މަޝްރޫއު ހިންގައި ނިންމައިލެވޭއިރު، މީހުން ދިރިއުޅޭ ރަށްތަކުގައި އެގޮތަށް އެކަން ނުކުރެވޭތީ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް މަހާޖައްރާފު އެރަށަކަށް ބަނދަރު ކޮށްފައި، އެ ބާއްވާ އިންތިޚާބެއް ނުނިމެނީސް، އެ އުޅަނދު އެހެން ރަށަކަށްވެސް ގެންގޮސްފާނެ ކަމަށެވެ.

އަޅުގަނޑު ވަރަށް ބޮޑަށް އެދެން ޕްރޮޖެކްޓްތައް ވަރަށް ބޮޑަށް މެނޭޖް ކުރެވިގެން ހިންގުން. އަޅުގަނޑުމެންނަށް އިނގިގެން، ރިސޯސްއެއް ނެތިއްޖިއްޔާ އެކަން އަޅުގަނޑުމެން ނުވާނެކަން ދެނެގަނެގެން، އެއްފަހަރާ އެތައް ކަމެއް ފަށައިގަނެގެން ދިޔައިމާ އެއްކަމެއް ވެސް މިދަނީ ނުނިމި.

އެމަނިކުފާނު ވަނީ ސަރުކާރުން މިގޮތަށް ޢަމަލު ކުރަމުންދާނަމަ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަ ކުރައްވަނީ ރައީސް ޞާލިހެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!