ރިޕޯޓް

އުމުރުން ފަސް އަހަރުގެ ދިވެހި ކުޑަ ފިރިހެން ކުއްޖަކަށް އޭނަގެ ޅިޔަނު ދިން ޖިންސީ އަނިޔާގެ ވާހަކަ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިއީ އުމުރުން އެންމެ 5 އަހަރުގައި ފިރިހެން ކުއްޖެއްގެ ޙަޔާތަށް އައި ކަޅު އަނދިރި ނާމާން ދުވަސް ތަކެއްގެ ވާހަކައެވެ. ކޮންމެ ކުއްޖެއްގެ ވެސް އެންމެ ޅަފަތުގެ ދުވަސްތައް ހޭދަކުރަން ބޭނުންވާނީ މަޖާ އަދި އެހާމެ އުފާވެރި ކޮށެވެ. ނަމަވެސް މިފަކީރުގެ ޅަ އުމުރުގެ ދުވަސްތައް ވޭތުކުރީ ބިރުވެރި ކަމެއްގެ ތެރޭގައެވެ.

Ads by MWSC

އާންމުކޮށް އިވޭ އަޑަކީ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން އުޅޭ އަޑެވެ. ނަމަވެސް މިއީ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާ ލިބުނު ވާހަކައެއް ނޫނެވެ. ހެދި ބޮޑުވަމުން އައި ފިރިހެން ކުއްޖަކަށް އޭނަގެ ޅިޔަނު ބެހުނު ވާހަކައެވެ.

ނަން ހާމަ ނުކުރުމަށް އެދި މިކުއްޖާ ދެން އަށް އޭނާގެ ވާހަކަ ވަނީ ހިއްސާ ކޮށްފައެވެ. އޭނާ ކިޔައި ދިން ގޮތުގައި އޭނާ އާއި 2 އަހަރު ވަންދެން އޭނާގެ ޅިޔަނު ބެހުނެވެ. އެހެން ނަމަވެސް އޭރު އޭނާގެ ސިކުނޑި ޅަ ކަމުން އާއިލާ މީހުން ގާތު ބުނަން ޖެހިލުން ވީ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާއަށް އަދިވެސް އެކަމާ ފިކުރު ކުރެވޭ ކަމަށާއި އެކަމާ ދޭތެރޭ ވިސްނާ މިހާރު ވެސް ރޮވޭ ކަމަށް އޭނާ ބުންޏެވެ.

މީހަކު މިހާ ގޮތް ކުޑަ ވާނީ ހާދަހާ ނުބައި ވީމައެވެ. މޭގައި ހިތެއް ނެތީ ބާވައޭ ވެސް އެ ވާހަކަ އަޑު އަހަމުން ދިޔައިރު އަޅުގަނޑުގެ ހިތަށް އެރިއެވެ.

މިއަދު އޭނާ ބޭނުންވަނީ އެފަދަ ކަންކަމުގެ ޝިކާރައަށް ވެފައި ވާ ކުދިންނަށް އެހީ ވެދޭށެވެ. އެ ކުދިންގެ ދިފާއުގައި އަޑު އުފުލާށެވެ.

ރައްޓެހިންނާ އެއްކޮށް ކުޅެން ހުއްޓަ ވެސް ގެންދާނެ. އެހެންވެ ގިނަ ފަހަރަށް ވަރަށް ފިލައިގެން ބޭރުގަ އުޅެނީވެސް. ބޭބެ އަށް ފެނިދާނެތީ. މަންމަ ރަށުގައި ނޫޅޭނެ ވަރަށް. އެކިކަންކަމުގައި ރަށުން ބޭރަށް ދިޔަސް އަބަދު އުޅެން ޖެހެނީ ބިރުވެރި ކަމެއްގެ ތެރޭގައިއޭނާ ފެން ކަޅިވެ އިނދެ ދެން އަށް ކިޔައިދިނެވެ. އަދި މި ވާހަކަ ތައް ކިޔައިދޭން ކިތަންމެ ބޭނުން ވިޔަސް އެކަކަށް ވެސް ކިޔައިދޭން ނުކެރޭ ކަމަށް ބުންޏެވެ. ސަބަބަކީ އޭނައާއި ދޭތެރޭ ދެކޭ ގޮތް ބަދަލު ވެދާނެތީ ކަމަށް އޭނާ ބުންޏެވެ. މުޖުތަމައު އޭނާއާ ދޭތެރޭ ދެކޭނެ ގޮތެއް ނޭނގޭތީއެވެ.

މިވާހަކަތައް ކިޔައިދޭ އިރުގައި މި ކަމަކީ އިހަކަށް ދުވަހަކު ވީ ކަމެއްހެން ހީވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި މިކަން ފަޅާއެރި ގޮތް ކިޔައިދެމުން އޭނާ ބުނީ އެދުވަހު މަންމަ ރަށުގައި ނެތުމުން ގޭގައި އުޅުނީ އެކަނިކަން ބޭބެ އަށް އެނގުނީ ކަމަށެވެ. އެވަގުތު ކޮޓަރީގެ ކުޑަދޮރުން އޭނަ ބޭބެ އަންނަ ތަން ފެނުމުން އޭނާ ބިރުން ތެޅުނު ކަމަށާއި ބޭބެ އައިސް ދޮރުގައި ޓަކި ޖެހުމާއެކު އޭނަ އަށް ރޮއެ ގަނެވުނު ކަމަށް ވެސް އޭނާ ބުންޏެވެ.

ގަނެފައި ހުރި ބިރުން ކުރާނެ ކަމެއް ނޭނގި ހުރެ ކުޑަދޮރުން ފުންމާލުމަށް ފަހު އަނިޔާ ލިބުނު ކަމުގައިވީ ނަމަވެސް ސަލާމަތުގެ އައްސޭރިއަކަށް ވާސިލު ވެވޭތޯ އޭނާ ދުއްވައިގަތީއެވެ. ނިކަން ވިސްނާލަބަލާށެވެ. ކުޑަ ކުޑަ  ކުއްޖަކު ގިސްލާ ރޮމުން ދުވެފައި ދާ މަންޒަރު ބަލަން ތިމާއަށް ފަހެ ކެތް ވާނެ ހެއްޔެވެ؟ އޭނަަ ދުވެފައި ގޮސް ޖެހިގެން ހުރި ގޭގެ މީހުން ބޭރުގައިހުރި ތަން ފެނުމުން މިސްރާބު ޖެހީ އެދިމާއަށެވެ. އެތާ ތިބި އެންމެންގެ ސަމާލުކަން އެވަގުތު އޭނާ އަށް ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.

އެހިސާބުން ކަމެއް ގޯސް ވެގެން އުޅޭ ކަން އެންމެނަށް ފާހަގަ ވިއެވެ. އެހެންނަމަވެސް އޭނާ ދެން އަށް މައުލޫމާތު ދިން ގޮތުގައި، ސީދާ ވީ ކޮން ކަމެއްކަން ބުނެދޭނެ ހިތްވަރެއް އެވަގުތު ވެސް އޭނާއަކަށް ނުލިބުނެވެ. ނަމަވެސް އެމީހުނަށް އެކަން ވަރަށް ފަސޭހައިން އެނގުނު ކަމަށާއި އޭނަަ މާބޮޑު ވާހަކަ ތަކެއް ކިޔައިދޭން ނުޖެހުނު ކަމަށް ވެސް އޭނާބުންޏެވެ. އެމީހުނަށް އެކަހަލަ ކޮންމެވެސް އިޝާރާތެއް ލިބިފައި އޮތީ ކަމުގައި އޭނާ ލަފާ ކުރާ ކަމަށް ވެސް ބުންޏެވެ. އެ ހިސާބުން ބޭބެ އާއި މެދު އެމީހުން ފުލުހުން ގެނެސްގެން ކަންތައް ކުރަންޖެހޭ ގޮތަށް ކަންތައް ކުރި ކަމަށް ވެސް އޭނަަ ބުންޏެވެ.

މީ އަންހެން ކުއްޖެއް ހެދުން އަޅާފައިވާ ގޮތުން މީހަކު ކުރިކަމެއް ނޫނެވެ. ފިރިހެނަކަށް ވެ ހުރެ ކުޑަ ފިރިހެން ކުއްޖަކާ ދޭތެރޭ އޭނަގެ ޅިޔަނު ކަންތައް ކުރިވާހަކަ އެވެ. މިކަހަލަ އަނިޔާގެ ޝިކާރައަށް ވެފައިވާ އަދި ވަމުން އަންނަ ކިތައް ކުދިން އުޅޭނެ ހެއްޔެވެ؟

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!