ޚަބަރު ސަރުކާރު

އިއާދަކުރަނިވި ހަކަތަ ބަދަލު ކުރުމަށް ރާއްޖެ-އިންޑިއާއިން ހިންގާ މަޝްރޫޢުގެ ޓެކްނިކަލް މަސައްކަތްތައް ބައްލަވައިލައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިދިޔަ އަހަަރުގެ އޭޕްރީލް މަހުގައި، މިނިސްޓަރު ޝައުނާ ވަނީ އިންޑިއާގެ ޕަވަރ މިނިސްޓަރާ ބައްދަލު ކުރައްވައިފައި--

އިއާދަކުރަނިވި ހަކަތަ ބަދަލު ކުރުމުގެ ގޮތުން، ރާއްޖެ އާއި އިންޑިއާ އެއް ގްރިޑަކުން ގުޅާލުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި ކުރަން ޖެހޭ ޓެކްނިކަލް މަސައްކަތްތައް އިންޑިއާގެ ޕަވާ މިނިސްޓްރީގެ ވަފުދަކުން ބައްލަވައިލައްވައިފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ ޕަވާ މިނިސްޓްރީން މިދިޔަ މަހުގެ 27 ވަނަ ދުވަހު ނެރުއްވި ބަޔާނެއްގައިވާ ވިދާޅުވެފައިވަނީ މި މަޝްރޫޢު ހިންގުމަށްޓަކައި ކުރަން ޖެހޭ ޓެކްނިކަލް މަސައްކަތްތައް ބެލުމަށް އިންޑިއާގެ ޓީމެއް މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް ޒިޔާރާތް ކުރެއްވި ކަމަށެވެ.

އަދި އެ ވަފްދުން ބެއްލެވީ،  ލަކްޝަދީބުގެ ރަށްތަކުގެ ތެރެއިން، ރާއްޖެއާ ގްރިޑު ގުޅުވައިލުމަށް ކުރަން ޖެހޭ ކަންކަން ކަމުގައެވެ

އެންވަޔަރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ، އިންޑިއާގެ ޕަވާ މިނިސްޓަރާ ބައްދަލުކުރެއްވި ފަހުން ނެރުއްވި ބަޔާނެއްގައި ޕަވާ މިނިސްޓްރީން ވިދާޅުވެފައި ވަނީ އިންޑިއާގެ ޓީމެއް ރާއްޖެ އަށް ވަޑައިގެން ޓެކްނިކަލް ކަންކަން ބެއްލެވުމަށް ފަހު، ދެ ޤައުމުގެ އިދާރާތައް ގުޅިގެން ކަނޑުއަޑީގައި ކޭބަލް އަޅާނެ ގޮތާއި މާލޭގެ ނެޓްވޯކަށް ބަދަލުގެންނާނެ ގޮތާ ބެހޭގޮތުން ތަފްސީލީ ރިޕޯޓެއް ތައްޔާރު ކުރައްވާނެ ކަމުގައެވެ.

"ވަން ވޯލްޑް، ވަން ސަން، ވަން ގްރިޑް"އަކީ އިންޑިއާގެ ޕަވާ ގްރިޑާއި އެހެން ގައުމުތަކުގެ ޕަވާ ގްރިޑް ގުޅާލައި، އެ ގްރިޑް މެދުވެރިކޮށް އެ ސަރަހައްދުތަކަށް ސޯލާ ހަކަތަ ފަދަ އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަށް ހިންގާ މަސައްކަތެކެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހު މިނިސްޓަރު ޝައުނާ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ޤައުމުގެ ޕަވާ މިނިސްޓަރު ރާޖު ކުމާރު ސިންގްއާ ބައްދަލުކުރައްވައި ޕަވާ ގްރިޑް ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!