ޚަބަރު ސިޔާސީ

ކުރީގެ ސަރުކާރުތަކުން މަޝްރޫއުތައް ހިނގާފައިވަނީ ފިކުރަށް ބަލައިގެން: ރައީސް ޞާލިހް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރައީސް ޞާލިހު އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތެއްގައި

ކުރީ ސަރުކާރުތަކުން ރަށްރަށުގެ ތަރައްގީއަށް އަދި އަސާސީ ހިދުމަތަކަށް ކުރަންޖެހޭ އެއްވެސް ކަމެއް ކުރަނީ ވަކި ފިކުރަކަށް ބޯލަނބައިގެން ތިބި ރަށްތަކަށް ބަލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިޖެނުއަރީމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރ. މާކުރަތައް ވަޑައިގެން އެރަށުގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްވަކަވަމުން ރައީސް ވިދާޅުވީ އެއްވެސް ރައްޔިތެއް ބާކީނުކޮށް ހަމަހަމަ ކަމާއިއެކު ޚިދުމަތްދީ، ޚިޔާލްފާޅު ކުރުމާއި ބަސްބުނުމުގެ ހައްގު ކަށަވަރުކޮށްދީފައިވަނީ މިސަރުކާރުން ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ތަރައްގީގެ މަޝްރޫއުތައް ހިނގުމުގައި ވަކި ފިކުރެއްގެ ރައްޔިތުން ދިރިއުޅޭ ރަށްރަށަށް އިސްކަންދީފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ހަމަހަމަކޮށް ހިދުމަތް ކޮށްދިނުމާއި ބަސް ބުނުމުގެ މިނިވަންކަން ލިބިގެންދިޔައީ އެމަނިކުފާނުގެ ސަރުކާރާއެކު ކަމަށާއ އެކަން ދެމި އޮންނާނީ ވެސް އެމަނިކުފާނު ދެ ވަނަ ދައުރަަކަށް އިންތިހާބުވެ ކުރެއްވުމުން ކަމަށެވެ.

"އެމްޑީޕީ ކުރިއަށް" ނަމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ރަސްމީކޮށް ފަށާފައިވާ ރައީސް ޞާލިހް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ކުޑަރަށެއް ބޮޑުރަށެއް އަދި ވަކި ފިކުރަކަށް ބެލުމެއްނެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެކަމަށާއި އަދި މިހާތަނަށްވެސް ވާނީ ގެނެސްދެއްވާފައިކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ރައީސްގެ ކެމްޕެއިންގައި މިއަދު ފުރަތަމަ ވަޑައިގެންފައިވަނީ ރ. މާކުރަތެވެ. އެ ރަށުގައި ތިބި އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ފަހު، އެމަނިކުފާނުގެ ދެވަނަ މަންޒިލަކީ ރ. އިންނަމާދޫއެވެ. އެ ރަށުގައި ތިބި އެމްޑީޕީގެ މެމްބަރުންނާ ރައީސް ބައްދަލު ކުރައްވާނެއެވެ. އެއަށް ފަހު، ރައީސް ވަޑައިގަންނަވާނީ ރ. މީދޫއަށެވެ. އެ ރަށުގައި ހާއްސަ ޖަލްސާއެއް އޮންނާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!