ރައީސް ޞާލިޙްއަކީ މުޅި ދުނިޔެ ސެލިއުޓް ކުރާ ވަރުގެ ވެރިއެއް: ޒިފްލީނާ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އަކީ މުޅި ދުނިޔެ ސެލިއުޓް ކުރާނެ ވަރުގެ ވެރިއެއް ކަމަށް ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މިނިސްޓަރ ޒިފްލީނާ ހަސަން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ރ. އަތޮޅަށް ރައީސް ޞާލިޙްއާއެކު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު .މީދޫގައި މިހާރު ކުރިޔަށްދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޒިފްލީނާ ވިދާޅުވީ ވެރިކަމެއްގެ ފޭރާން ބެލޭލެ އެއް ގޮތަކީ އެ ވެރިކަމެއްގެ ތެރޭގައި ހިނގާ ކާރިސާއެއް ބަލަހައްޓަވާ ގޮތުން ކަމަށެވެ.
އަދި ރައީސް ޞާލިޙްގެ ރިޔާސީ ދައުރުގެ ދެބައި ކުޅަ އެއް ބައި ހޭދަވެގެން ދިޔައީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި ބަލިމަޑުކަމުން އަރައިގަނެވުނީ ރައީސް ޞާލިޙްގެ ހިކުމަތްތެރި ކަމާއި ހިންގުންތެރިކަމާއެކު ކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19ގެ ވަބާއިން ރާއްޖެގެ ރައްޔިތުން ސަލާމަތްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީ، ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އެކި ގޮތްގޮތުން ރައީޞް ޞާލިޙް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޒިފްލީނާ ވިދާޅުވިއެވެ.
“މިއީ ދުނިޔެއަށް ނަމޭނާ ވެރިއެއް. މިއީ އަދި ވަރަށް ކުޑަ ކުޑަ މިންވަރެއް. ކޮވިޑްގެ ހާލަތު މެނޭޖް ކުރުމުގެ ތެރެއިން ވަރަށް ކުޑަކުޑަ ކަންތައްތަކެއް އަޅުގަނޑު މި ހިއްސާކޮށްދިނީ. އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ މުޅި ދުނިޔެ ސެލިއުޓް ކުރާ ވަރުގެ ވެރިއެކޭ ލިބިފަ މިހިރީ” ޒިފްލީނާ ވިދާޅުވިއެވެ.
ރައީސްގެ ކެމްޕެއިންގައި މިއަދު ފުރަތަމަ ވަޑައިގެންފައިވަނީ ރ. މާކުރަތެވެ. އެ ރަށުގައި ތިބި އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ފަހު، އެމަނިކުފާނުގެ ދެން ވަޑައިގަތީ ރ. އިންނަމާދޫއަށެވެ. އަދި މާދަމާ ނ. އަތޮޅުގެ ތިން ރަށަކަށް ރައީސް ޞާލިޙް ވަޑައިގަންނަވާނެއެވެ.
ޢެހެންވީމަ ކަމަނާގެ ގޭކުދިން ލަަަައްވާ އިބޫއައް ވޯޓުލީމަ ނިމުނީނުންތަ!
ތިހާ ސޯލިހު ކަމުދަންޏާ…
ތިވަރުގެ މީހެއް ނަމަ ދެން ކީއްވެބާ ސެލިއުޓު ނުކޮށް މުޅި ދުޔެ ތިވެރިމީހާއަށް ބަވަނީ؟ ތިމާ ހުތަށް އަރާހާއެއްޗެއް މުޅި ދުނިޔެއާ ހަވާލާ ދީގެން ކިތަންމެ ވަރަށް ވައިޖެހިއަސް ކާކު ގަބޫލު ކުރަނީ، މުޅި ދުނިޔެއަށް ނިސްބަތް ކުރާއިރު ތިމީހާއާ އަމިއްލަ ގައުމުގެ ގިނަ ބައެއް ނުރުހޭކަން އެނގިކަށަވަރުވަމުން މިދަނީ، އެންމެ ކުޑަމިނުން ތިމާގެ އަމިއްލަ ޕާޓީގަނޑުވެސް ކޮންޓުރޯލު ނުކުރެވިގެން ބޮއްސުންލާފަ އެއޮތީ، ވަކިވަރަކަށް އަމިއްލަ އެދުން ބޮޑުވީމާ ބޯހަމަ ނުޖެހޭ ދެކޮޅު ނުޖެހޭ ވާހަކަ ދައްކާނެ.
އާނ ތިޔަވަރުގެ ވެރިއަކަށް ތިޔަސެޓްފިކެޓް ސަލާމަތް ކޮއްދެވޭނީ