ރަށްރަށަށް ދިޔުމުން ބުނަނީ ރައީސް ޞާލިޙަށް ވޯޓު ދޭން ނުބުނުމަށް: ރައީސް ނަޝީދު
ރަށްރަށަށް ދިޔުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓު ދޭން ނުބުނުމަށް ރައްޔިތުން އެދޭ ކަމަށް އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނާ ގާތްކޮށް އުޅޭ އެއްވެސް މީހަކަށް ރައީސް ޞާލިޙްއާ ދިމާލަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ފާޑު ކިޔާނީވެސް އެމަނިކުފާނު ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ފަހަތައް އެމްޑީޕީ މެމްބަރުން ނާރާނެ ކަމަށް ވިދާޅުވިއެވެ.
“ފާޑުވެސް ކިޔާނީ އަޅުގަނޑު. ހަސަން ލަތީފަކަށްވެސް ޕޯޑިއަމަކަށް ނޭރުއްވޭނެ. އާޒިމަކަށްވެސް އިލްޔާސް ލަބީބަކަށްވެސް އީވާއަކަށްވެސް. އެއްވެސް ބޭފުޅަކަށް ނޭރުއްވޭނެ. އަޅުގަނޑު ދައްކާނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި ރައީސް ޞާލިޙަށް ތާއިދު ނެތް ކަމަށާއި ކޮންމެ ރަށަކަށް ދިޔަޔަސް އެންމެ ފުރަތަމަ ބުނަނީ “ނުބުނައްޗޭ ދެން އިބޫއަށް ވޯޓުދޭން" ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ، ޕްރައިމަރީން މޮޅުވާނެ ކަމަށާއި އެކަމާމެދު ޝައްކު ނުކުރައްވާކަން ތަކުރާރު ކުރައްވައިފައެވެ.
ތެދެއް ރަށްރަށުން ބުނަނީ ލާދީނީ ކުރިއެރުވުމަށް އަންނިއަށް ވޯޓު ދޭނެކަމަށް