ޗުރާލިޔާ އަކީ އެހައި މަޝްހޫރު ލަވައަކަށް ވެދާނެއޭ ހީއެއް ނުކުރަން: ޒީނަތު އަމަން

ހަތްދިހައިގެ އަަހަރުތަކުގައި މަޝްހޫރުވި ލަވަ "ޗުރާލިޔާ" އެހައި މަޝްހޫރު ލަވައަކަށް ވެދާނެކަމަށް އުއްމީދު ނުކުރާކަމަށް ވެޓަރަން އެކްޓްރެސް ޒީނަތު އަމަން ބުނެފިއެވެ.
1973 ވަނައަހަރު ނުކުތް ފިލްމް "ޔާދޯން ކީ ބަރާތު" ގެ ލަވައެއްކަމުގައިވާ "ޗުރާ ލިޔާ ހޭ ތުމްނޭ" ގެ ޝޫޓިންގެ ހަނދާން އާކުރަމުން ލަވައިގެ ބަތަލާ ޒީނަތު ބުނީ މިލަވައަކީ ވަރަށް ރީތިކޮށް ކިޔާފައިވާ ލަވައެއްކަމަށާއި އެލަވަ އެހާދުވަސް ވަންދެން ރީތި ލަވައެއްގެ ގޮތުގައި އޮވެދާނެކަމަށް އުއްމީދު ނުކުރާކަމަށެވެ.

"ޗުރާލިޔާ" ލަވައިގައި ޒީނަތު
ސޮނީ އިން ދައްކަމުންދާ އިންޑިއަން އައިޑޮލް 13 ގެ އެޕިސޯޑެއްގެ ސްޕެޝަލް ޖަޖެއްގެ ގޮތުގައި ބައިވެރިވެ އެ ޝޯގައި މިލަވަ ހުށައަޅައި ދިނުމުން ޒީނަތު ބުނިގޮތުގައި އެލަވަ އަކީ އޭރުގެ އައިކޮނިކް ލަވައެކެވެ. އަދި އެލަވަ މިހާ ގިނަ މީހުންގެ ފޭވަރިޓް ލަވައަކަށް ވެދާނެކަމަކަށް އޭނާ އުއްމީދު ނުކުރާކަމަށް އޭނާ ބުންޏެވެ.
"ހަރޭ ރާމް ހަރޭ ކްރިޝްނާ"، "ގުރުބާނީ" އަދި "މަނޯރަންޖަން" ފަދަ ފިލްމްތަކުން ވިދާލި ޒީނަތު އަމަން އަކީ ދިވެހިންގެ މެދުގައިވެސް މަޝްހޫރުވި ތަރިއެކެވެ.