އުރީދޫން މުޅި އަހަރަށް ޑޭޓާ ލިބޭ ޕްލޭނެއް

އުރީދޫން 2023 ވަނަ އަހަރުގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން ޕްރީޕެއިޑް ކަސްޓަމަރުންނަށް މުޅި އަހަރަށް ޑޭޓާ ލިބޭ "އަހަރީ" ޕްލޭނެއް ތައާރަފްކޮށްފި އެވެ.
އެ ޕްލޭނަކީ 3000ރ. އަށް 1 ޖީބީ ޑެއިލީ ޑޭޓާ، ޖުމްލަ 365 ޖީބީ ޑޭޓާ ލިބޭ ޕްލޭނެކެވެ.
އުރީދޫން ބުނިގޮތުގައި "އަހަރީ ޕްލޭން" ޑިޒައިންކޮށްފައި ވަނީ ގިނަގިނައިން ރީޗާޖް ކުރަން ބޭނުން ނުވާ ކަސްޓަމަރުންނަށާއި އަދި ދިގު މުއްދަތަށް ޑޭޓާ ނަގަން ބޭނުންވާ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ.
އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އަހަރީ ޕްލޭން އެކްޓިވޭޓު ކުރެވޭނެ އެވެ. އުރީދޫގެ އެޕުންނާއި UD365 ޖެހުމަށް ފަހު 5555 އަށް އެސްއެމްއެސްކޮށްގެން ވެސް އެ ޕްލޭން ނެގޭނެ އެވެ. އަދި 1#*929* އަށް ޑައިލް ކޮށްގެން ވެސް އެ ޕްލޭން ނެގޭނެ އެވެ.
އުރީދޫއިން ބުނި ގޮތުގައި އަލަށް ގުޅޭ ކަސްޓަމަރުންނަށް އުރީދޫ ފިހާރައިން ނުވަތަ ޕާޓްނާ ޝޮޕަކުން ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭނެއް އެކްޓިވޭޓްކުރުމަށްފަހު، އަހާރީ ޕްލޭން އެކްޓިވޭޓް ކުރެވޭނެއެވެ.