އިންޑިއާގައި ފުރަތަމަ ފަހަރަށް ކަނޑު އަޑީގެ މެޓްރޯ ސިސްޓަމެއް
އިންޑިއާގެ ފުރަތަމަ ކަނޑުއަޑީގެ މެޓްރޯ ހިދުމަތުގައި އިންޑިއާ މީހުންނަށް ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިންޑިއާގެ ކޮލްކަތާ މެޓްރޯ ރޭލް ކޯޕަރޭޝަން (ކޭއެމްއާރްސީ) އިން ބުނެފައިވަނީ މި މަޝްރޫ އަންނަ ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ކަނޑުއަޑީގެ މި މެޓްރޯއަކީ ކޯލްކަތާ މަގުން ސޯލްޓް ލޭކާއި ހާވަރާ ގުޅާލަދޭ ސިސްޓަމެކެވެ. މި ކަނޑު އަޑީގެ މެޓްރޯ ދާނީ ހުގްލީ ކޯރުގެ 500 މީޓަރު އަޑިންނެވެ.
މި މަޝްރޫއުގެ ޖުމްލަ 16.55 ކިލޯމީޓަރުގެ ދިގުމިނުގެ ރެއިލްވޭ ސިސްޓަމެއް އުފެދިގެންދާނެއެވެ. މި ރޫޓަށް ޓަނަލްތައް ހަދާފައިވަނީ 2017 ވަނަ އަހަރު ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އެފްކޮންސް އިންނެވެ.
އިންޖިނިއަރިން މާވެލްއެއް ކަމަށްވާ ރިވާ ޓަނަލްތަކަކީ އިންޑިއާގައި ފުރަތަމަ ފަހަރަށް އަދި މުޅި ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަ މަސައްކަތެކެވެ.
މި މަސައްކަތް ނިންމާފައިވަނީ ރާއްޖޭގެ ތިލަމާލެ ބްރިޖްގެ މަޝްރޫއު ހިންގަމުން އަންނަ އެފްސްކޮން ކުންފުނިންނެވެ. މި މަސައްކަތް އެ ކުންފުނިން ނިންމީ 67 ދުވަސްތެރޭގައެވެ.
މި މެޓްރޯ ސިސްޓަމާއެކު ކޮލްކަތާގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.