ޚަބަރު

ހަ ރަށެއްގެ ބަނދަރު ހެދުމަށް ބަޔަކާ ހަވާލުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހަ ރަށެއްގެ ބަނދަރު ހެދުމަށް ޕްލޭނިން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ.

Ads by Sosun Fihaara

މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ބަނދަރު ހެދުމަށް ހަވާލުކުރި ހަ ރަށުގެ ތެރެއިން ރ. ރަސްގެތީމުގެ ޖެޓީ އަދި ބަނދަރު ހެދުމަށާއި އދ. ދިއްދޫގެ ބަނދަރު ހެދުމަށް ހަވާލުކޮށްފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ.

ރަސްގެތީމުގެ ޖެޓީ އަދި ބަނދަރު ހެދުމަށް 50,000,095.25 ރުފިޔާ ހަރަދުވާއިރު، މި މަޝްރޫޢަކީ 420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އަދި ދިއްދޫގެ ބަނދަރު ހެދުމަށް 21,956,238.75 ރުފިޔާ ހަރަދުވާއިރު، މި މަޝްރޫޢަކީ 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތުގައި އދ. ހަންޏާމީދޫ، ށ. ފޯކައިދޫ، ށ. ފޭދޫ އަދި ކ. ހިންމަފުށީގެ ބަނދަރު ހެދުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެގޮތުން ހަންޔާމީދޫ ބަނދަރު ހެދުމަށް 32,280,570.61 ރުފިޔާ ހަރަދުވާއިރު، މި މަޝްރޫޢަކީ 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. ފޯކައިދޫ ބަނދަރު ހެދުމަށް 55,974,940.88 ރުފިޔާ ހަރަދުވާއިރު، މި މަޝްރޫޢަކީ 500 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އަދި ށ. ފޭދޫގެ ބަނދަރު ހެދުމަށް 33,144,965.10 ރުފިޔާ ހަރަދުވާއިރު، މި މަޝްރޫޢަކީ 480 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. ހިންމަފުށި ބަނދަރު މަޝްރޫޢުގެ ދެވަނަ ފޭސް ކުރިއަށް ގެންދިއުމަށް 24,602,989.02 ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!