ޚަބަރު ދީން

65 އަހަރު ވިޔަސް މިފަހަރު ޙައްޖަށް ދެވޭނެ، ކޯޓާތައް ވެސް ގިނަ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޯވިޑްގެ ކުރިން ޙައްޖުގެ އަޅުކަމަށް ފުރުސަތު ދިން އަދަދަށްް މިއަހަރުގެ ޙައްޖުގައި ފުރުސަތުދޭނެކަން ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.

Ads by STELCO

ކޮވިޑް-19އާ ގުޅިގެން މިދިޔަ ހައްޖުވުމުގެ ފުރުސަތު ދިނުމަށް ސައުދީ ސަރުކާރުން ނިންމަވައިފައި ވަނީ ޖުމްލަ އެއް މިލިއަން މީހުންނަށެވެ. އޭގެ ތެރެއިން 850،000 ފުރުސަތު ދީފައިޚާއްސަކޮށްފައި ވަނީ ބޭރު ގައުމުތަކުގެ މީހުންނަށެވެ. ސައުދީ ރައްޔިތުންނަށް ކަނޑައަޅައިފައި ވަނީ 150،000 ކޯޓާއެވެ. އަދި ރާއްޖެއަށް ދޫކޮށްފައި ވަނީ، 453 ކޯޓާއެވެ.

ސައުދީ ސަރުކާރުން ބުނީ މި އަހަރު ޙައްޖުގައި ބައިވެރިވުމަށް ވަކި އުމެރެއް ނޯންނާނެކަމަށާއި ކޯވިޑަށްް ޓެސްޓްކޮށް ސާމްޕަލްތައް ހެދުންވެސް ނޯންނާނެކަމަށެވެ.

މި އަހަރުގެ ޙައްޖަށް ފުރުސަތު ދޭނީ ސިދާ ކިހާ އަދަދެއްގެ މީހުންނަށް ކަމެއް އަދި ސައުދީއަކުން ހާމައެއް ނުކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!