ޚަބަރު ސިޔާސީ

މިހައިތަނަށް އެންމެ ގިނަ ރައްޔިތުން ހައްޔަރު ކުރީ ރައީސް ޞާލިޙުގެ ވެރިކަމުގައި: ޖަމީލު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު--

މިހައިތަނަށް، އެންމެ ގިނަ ރައްޔިތުން ހައްޔަރު ކުރީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ.ޖަމީލު ކުރެއްވި ޓްވީޓެއްގައި ވަނީ، ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތެއްގައި ރައީސް ޞާލިޙު ދެއްކެވި ވާހަކަފުޅެއް ހިއްސާ ކުރައްވައިފައެވެެ. އެ ވީޑިއޯގައި ރައީސް ޞާލިޙު ވިދާޅުވަނީ، މީހުން ބަންދު ނުކޮށްވެސް ވެރިކަން ކުރެވިދާނެކަން، އެމަނިކުފާނު ސާބިތުކޮށްދެއްވަމުން އަންނަ ކަމަށެވެ.

ރައީސްގެ އެ ވާހަކަފުޅަށް ދެއްވި ރައްދުގައި ޖަމީލު ވިދާޅުވަނީ ރައީސް ޞާލިޙަކީ، އެހެން އެއްވެސް ވެރިއަކަށް ނުލިބުނު ފުުރުޞަތު ލިބި، އިސްލާހީ މަސައްކަތަށް އެންމެ ބޮޑަށް ފާޅުގައި ހުރަސް އެޅުއްވި ރައީސް ކަމަށެވެ.

"2008 ވަނަ އަހަރުގެ ޤާނޫނު އަސާސީއާ ޚިލާފަށް، ހިޔާލު ފާޅު ކުރުމަށް ހުރަަސް އަޅާ، ޤަރާރު ނެރެ، މިހައިތަނަށް އެންމެ ގިނަ ރައްޔިތުން ހައްޔަރު ކުރި ރައީސް."

ޑރ.ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން، ސިލްސިލާ ގޮތެއްގައި ބާއްވަމުން ގެންދާ އެއްވުންތަކުގެ ތެރެއިން، އެންމެ 15 ދުވަހުގެ ތެރޭގައި 100 މީހުން ހައްޔަރު ކުރި ކަމަށް އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވެއެވެ.

އިދިކޮޅުން ބުނީ، ޕީޕީއެމް-ޕީއެންސީގެ އިއްތިޙާދުން ކުރިއަށްދާ ސުލްޙަވެރި އެއްވުންތައް ހުއްޓައިލާނީ، ރައީސް ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ފަހުގައި ކަމަށެވެ. ދެ ދަޢުވާއެއް ޘާބިތުވާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވެވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!