މިސަރުކާރުގެ ޝިއާރަކީ "އަންނަނީ، އަންނަނީ”: ރައީސް ނަޝީދު
މި ސަރުކާރުގެ ޝިއާރަކީ އަންނަނީ އަންނަނީ ކަމަށާއި ފަށާފައިވާ މަޝްރޫޢުތައް ނުނިމޭ ކަމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ރޭ ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މި ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ނުނިމި ދިގުލައިގެންދާ ކަމަށާއި ކަމަށާއި ދެން އަންނަ ކުއާޓާރގައި “އަންނަނީ އަންނަނީ” ބުނަމުންދާ ކަމަށެވެ.
“ސަރުކާރުގެ ސްލޯގަން އަކީ ޝިއާރަކީ އޮލިމްޕަހުގައި އަޅުވާނެ އަންނަނީ، އަންނަނީ، ދެން އަންނަނީ މިއަންނަ ކުއާޓާގައި އަންނާނެ ދެން އަންނަ ކުއާޓާގައި އަންނާނެ. އަންނަނީ، މިފިލްމެއް ނުއެއް ފެނުނު. ހަމަ އަންނަނީ” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެންމެފަހުން ފެށި އަމީނީ މަގުގެ މަޝްރޫޢުވެސް އޮތީ އެގޮތަށްކަމަށާއި، އެއާޕޯޓްގެ މަޝްރޫޢުވެސް ނިމިފައިނުވާ ކަމަށެވެ. އަދި މަޝްރޫއުތައް ލަސްވުމަކީ އެމްޑީޕީ މެމްބަރުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
“ކުޑަ ޕްރޮޖެކްޓެއް ބޮޑު ޕްރޮޖެކްޓެއް ނެތް އަޅުގަނޑަށް ދެންނެވޭނީ ހުރިހާ އެއްޗެއްވެސް އޮތީ އަންނަނީ ގައޭ. މިއީ އެމްޑީޕީ މެންބަރުން ބަލައިގަންނަ ސިޔާސަތެއް ނޫން” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ނަޝީދު ވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ދާ ކޮންމެވެސް މަޝްރޫއޫއެއް ފަށާފައި ހުންނަތަން ފެނުނު ނަމަވެސް މަސައްކަތް ކުރިޔަށް ނުދާ ކަމަށާއި ސަރުކާރުން ކުޅެނީ “އަކުން ބަކުން” ކަމަށް ނަޝީދު ވިދާޅުވިއެވެ.