މި އަހަރުގެ ފުރަތަމަ ދެ ހަފްތާައި 75،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި

މިއަހަރުގެ ފުރަތަމަ ދެ ހަފުތާގައި 75،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 20.8 އިންސައްތަ އިތުރުވުމެކެވެ.
އެންމެ ގިނަ ފަތުރުވެރިން މިހާރު ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. އެ ޤައުމުން 12،780 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 16.9 އިންސައްތައެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިޓަލީ އިންނެވެ. އިޓަލީއިން 8،624 ފަތުރުވެރިން ޒިޔާރަތްކުރިއިރު ތިންވަނައިގައި އޮތް އިންޑިއާއިން 6،996 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
އިނގިރޭސިވިލާތުން 4،436 ފަތުރުވެރިން އައިސްފައިވާއިރު ޖަރުމަނުން 3،727 ފަތުރުވެރިން އައިސްފައިވެއެވެ.