ޚަބަރު

ފަރަށް އެރި ދޯނި ފުންކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މުދާ ހިފައިންގެން އައްޑު އަށް ދަތުރު ކުރަނިކޮށް ފަރަށް އެރި ސަޕްލައި ދޯނި ފުންކޮށްފިއެވެ.

Ads by STELCO

އެމްއެންޑީއެފުން ވިދާޅުވީ، އެ ދޯނި ފުން ކުރީ، ރޭގެ ވަގުތެއްގައި ކަމަށެވެ. އެ މަސައްކަތްކުރީ ސެންޓްރަލް އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިންނާއި ދޯނީގެ ފަޅުވެރިންކުރި މަސައްކަތުން ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

އައްޑޫ ކެނަރީފް ރިސޯޓްގެ މުދާތަކާ އެކީ "ބޮނިތޯ ކެރިއާ" ފަރަށް އެރި ނަމަވެސް މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މާލެއިން ފުރައިގެން އައްޑު އަށް ދަތުރު ކުރަނިކޮށް އިއްޔެ ރޭ މެންދަމު ލ. ހުޅިމެންދޫ އުތުރު ފަރާތު ފަރަށް އެރީ "ބޮނިތޯ ކެރިއާ" ނަމަކަށް ކިޔާ 85 ފޫޓްގެ ދޯންޏެކެވެ. މި ދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބުމާއެކު ސިފައިން އެހީތެރިކަން ފޯރުކޮށް ދޭން ފެށިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!