އަނިޔާވެރި ބައެއްގެ އަތް މައްޗަށް ވެރިކަން ފުރޮޅިގެން ދާން ބޭނުމެއް ނޫން: ރައީސް ޞާލިޙް
އަނިޔާވެރި ބައެއްގެ އަތް މައްޗަށް ވެރިކަން ފުރޮޅިގެން ދާން ބޭނުންފުޅު ނުވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލީޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެންޕެއިނަށް މިހާރު އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ކަނޑިތީމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ވަރަށް އަނިޔާވެރި 5 އަހަރު ރައްޔިތުން ހޭދަކޮށްފައިވާ ކަމަށެވެ.
"ވެރިކަން މުޅިން އެހެން ބައެއްގެ އަތް މައްޗަށް ފުރޮޅި އަނިޔާވެރިކަމުގެ ތެރެއަށް ގޮސްދާނެ. އެއީ އަޅުގަނޑު ގޮވައިގެން ދާން ބޭނުންވާ ތަނެއް ނޫން." ރައީސް ވިދާޅުވިއެވެ.
އަދި އެ ދުވަސްތަކަކީ ބިރުވެރިކަމާ ނާމާން ދުވަސްތަކެއް ކަމަށާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންނަށް ނުހައްގު ޖަލު ހުކުމާއި އަނިޔާވެރިކަމުގައި އެތައް ދުވަހެއް ހޭދަކުރަން ޖެހުނު ކަމަށެވެ.
“އެ އިހުސާސްތައް އެބަހުރި އަޅުގަނޑުގެ. އެދުވަހު އެ ތަހައްމަލު ކުރަން ޖެހުނު އަނިޔާވެރިކަމާ އެކީގަ މަގުމަތީގަ އެ ހޭދަކުރި ދުވަސްތަކުގަ ބައިވެރިވި މީހުންނެއް ދުލެއް ނުކުރެވޭނެ. މިތަނުން ެއެބަ ފެނޭ ކިތަންމެ މޫނެއް” ރައީސް ޞާލިޙް ވިދާޅުވިއެވެ.
އަދި އެމްޑީޕީ މިހާރު އޮތީ ވަރަށް ހާލުގައި އެތައް އަހަރެއް އުޅުމަށް ފަހު އަމާން ބަނދަރެއްގައި ކަމަށާއި ދެން ނިންމަން ޖެހޭނީ އެ އަނިޔާވެރިކަމަށް އެނބުރި ދާނީތޯ ނުވަތަ ތަރައްގީ އައިގެން ކުރިޔަށް ދާނީތޯ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮބައިބާ އަނިޔާވެރި ބަޔަކީ؟