ޚަބަރު ސަރުކާރު

މޫނުބުރުގާއަޅާފައި ހުރުމުން އެމްޓީސީސީގެ ވަޒީފާ ކެންސަލް ކުރިކަމަށް ބުނި ބުނުން ދޮގުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މޫނުބުރުގާއަޅާފައި ހުރުމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ (އެމްޓީސީސީ)ގެ ވަޒީފާ ކެންސަލް ކުރިކަމަށް ބުނެ ފެތުރު ހަބަރު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ދޮގުކުރައްވައިފިއެވެ.

Ads by Sosun Fihaara

މޫނުބުރުގާ އަޅާ ދިވެހި އަންހެން ކުއްޖަކަށް އެމްޓީސީސީއިން ވަޒީފާ ދިންފަހުން މޫނު ބުރުގާ އަޅާކަން އެނގިގެން ވަޒީފާ ނުދިން ކަމަށް ބުނެ ކޮށްފައިވާ މެސެޖްތަކެއްގެ ސްކްރީން ޝޮޓުތަކެއް ޝޯސަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މިސްކްރީންޝޮޓް ތަކުގައި ހާމަކޮށްފައިވާ ވާގޮތުން ޝަރުތު ހަމަނުވެގެން އޭނާއަށް ފްލެޓް ނުލިބުނެވެ. އަދި މޫނުބުރުގާ އަޅައިފަ ހުންނާތީ އެމްޓީސީސީއިން ވަޒީފާ ނުލިބުނެވެ. އެފަރާތުން އިތުރަށް ބުނެފައިވާ ގޮތުގައި ނޮވެމްބަރު 15ގައި އިންޓަވިއު ކޮށްފައި ޖަނަވަރީ 16 ގައި ޕޮލިސް ރިޕޯޓް ހުށައަޅަން ވަނީ ބުނެފައެވެ. އެއަށްފަހު ޖަނަވަރީ 18ގައި އެގްރީމެންޓްގައި ސޮއި ކޮށްފައި ޔުނީފޯމް ދިން ފަހުން މޫނުބުރުގާ އަޅާކަން އެނގުނީމާ މޫނުބުރުގާ ނަގައިފަ މާސްކް އަޅަން އެންގި ނަމަވެސް މޫނުބުރުގާ ނަގަން އިންކާރު ކުރުމުން ވަޒީފާ ގެއްލުނު ކަމަށް މި ސްކްރީން ޝޮޓުގައި ވާ މެސެޖް ގައި ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅޭގޮތުން ލިޔެފައިވާ ޚަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވާ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވަނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ޓެގު ކުރައްވާ އެއީ ތެދު ވާހަކައެއްތޯ އައްސަވައިފައެވެ. މިޓްވީޓަށް ރިޕްލައި ކުރައްވާ އާޒިމް ވިދާޅުވީ އެއީ ދޮގެއްކަމަށެވެ.

"ތެދު ޚަބަރެއް ނޫން. މިހާރުވެސް އެމްޓީސީސީގައި އުޅޭ މޫނުއެޅި ކުދިން" އާޒިމް ވިދާޅުވިއެވެ.

މޫނުބުރުގާއަޅާފައި ތިބޭ ކަނބަލުންނަށް ވަޒީފާ ނުލިބޭ ކަމުގެ ޝަކުވާއާއި ވަޒީފާއިން ވަކި ކުރާކަމުގެ ޝަކުވާތައް ދޭތެރެއަކުން މީޑިއާ ތަކަށް އަރައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!