މަހަށް ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ހިނގައްޖެ

މަހަށް ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ހިނގައްޖެއެވެ.
ބިންދައިގެން ގޮސްފައި ވަނީ ގއ. ދާންދޫން މަހަށްދިޔަ ފަހި ރޯދި މަސްދޯންޏެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ދޯނި ބިންދައިގެން ދިޔަ އިރު ދޯނީގައި އެވަގުތު 18 ވަރަކަށް ފަޅުވެރިންތިބި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ހަދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވެއެވެ.