ބިލު ނުދައްކައިގެން މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ ތަންތަނުން ކަރަންޓު ކަނޑަނީ

ބިލު ނުދައްކައިގެން މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ ތަންތަނުން ކަރަންޓު ކަނޑަމުންދާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އެ ކުންފުންޏަށް 20 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށެވެ. އަދި ބިލުތައް ދެއްކުމަށް އެދި ސިޓީ ކައުންސިލަށް ތަކުރާރުކޮށް ސިޓީ ފޮނުވާފައިިވި ނަމަވެސް ބިލުތައް ދައްކާފައިނުވާ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ސްޓެލްކޯއިން ވަނީ ހުޅުމާލެ އަމިން މެޕަލް، ސަލްޓަން ޕާކުގެ އުސް ގެ، ސަލްޓަން ޕާކު، ވިލިނގިލި އަވަށު އޮފީސް، ކާނިވާ ސަރަހައްދުގައި ހުންނަ ނާސަރީ އަދި ހެންވޭރު އަޑި ޕާކުން ކަރަންޓު ކަނޑާފައެވެ.