ޚަބަރު

ޕްރައިމަރީ ކާމިޔާބުވެއްޖެ، މިހާރު ވިސްނުން ހުރީ ރިޔާސީ އިންތިހާބާ ދޭތެރޭ: ރައީސް ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވިފައިވާ ކަމަށާއި މިހާރު ވިސްނުން ހުރީ ރިޔާސީ އިންތިހާބަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މާލެ ސަރަހައްދުގެ ވޯޓުލާ މެންބަރުންނާއި އަލަށް ކެމްޕެއިންއާ ގުޅޭ ފަރާތްތަކާ ބައްދަލުކުރައްވާ މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސެޕްޓެމްބަރު 9ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ވަރަށް ބޮޑަށް ތައްޔާރުވާ ޖެހޭ ކަމަށެވެ.

“އެ އިންތިހާބު ފަސޭހަވާނެ ކަމަށް އަޅުގަނޑަށް ލަފާ ކުރެވެނީ އެމްޑީޕީއަށް އޮތް ތާއީދު ވަރަށް ބޮޑުވާނެ ކަމަށް އަޅުގަނޑަށް ފެންނާތީ. އެހެން އެއްވެސް ޕާޓީއެއް ތައްޔާރެއްވެސް ނުވޭ. އިންތިހާބަކާ ދިމާލަށް އަމާޒުހިފާފަ ނެތް” ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީ ކާމިޔާބު ކުރެވިފައިވާ ކަމަށާއި އެންމެ ބޮޑަށް ވިސްނަވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ގޮތާ ދޭތެރޭ ކަމަށެވެ. އަދި އެކަމަށް ރަނގަޅު ވިސްނުމެއް ބަހައްޓައިގެން ނޫނީ ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“"ޕްރައިމަރީ އަޅުގަނޑު ދެކެނީ އަޅުގަނޑުމެންނަށް މިއޮތީ ކާމިޔާބު ކުރެވިފައި. އަޅުގަނޑު މިހާރު ވިސްނަނީ ސެޕްޓެމްބަރު ނުވަޔަކަށް މަސައްކަތް ކުރާނެ ގޮތް. އެކަމަށް ރަނގަޅު ވިސްނުމެއް ބަހައްޓައިގެން ނޫނީއްޔާ ކުރިއަށް މިއޮތް ހަފްތާތަކުގައި ވެސް މަސައްކަތްކޮށްގެން ނުވާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!