ޚަބަރު ސިޔާސީ

ހިސާންއަށް ރޮޒައިނާގެ ތަޢުރީފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ ހިތްވަރު ގަދަކަމަށްޓަކާ ފަޚުރުވެރިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އޭނާ މިހެން ވިދާޅުވެފައިވަނީ، ހިސާނާ ދެކޮޅަށް ތުޅާދޫގައި ބަޔަކު އެއްވެ އިޙްތިޖާޖު ކުރުމާ ގުޅިގެންނެވެ.

އެގޮތުން ރޮޒައިނާ ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ ޚިޔާލު ތަފާތުވުމުގެ ތެރެއިން ވަކި ފެކްޝަނަކުން، ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި މަދު އަންހެނުންނަށް އަމާޒު ކޮށްގެން ކުރާ ފުރައްސާރަ، ތަކުރާރުކޮށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

މީގެއިތުރުން ރޮޒައިނާ ވިދާޅުވީ، ޕީޕީއެމާއެކު، މިކަން ރޭވި އެމްޑީޕީގެ އިސް ބޭފުޅުން ބޭނުންވިގޮތަށް ތުޅާދޫގެ އެމްޑީޕީގެ މެންބަރުން އެކަމުގައި ބައިވެރިނުވިކަމަށްޓަކައި މަރުޙަބާ ދަންނަވާކަމަށެވެ.

ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަގޮތުގައި ހިސާން ތުޅާދޫއަށް ވަޑައިގަތުމުން އޭނާ އާ ދެކޮޅަށް އަޑުއުފުލި މީހުން ވަނީ ސަރުކާރުންވީ އެއްވެސް ވައުދެއް ނުފުއްދާ ކަމަށް ބުނެ ފަހަތުން ހިނގައިފައެވެ.

މިގޮތުން ހިސާންގެ ފަހަތުން އެ މީހުން ވަނީ ރަށުގެ އެކި ސަރަހައްދުތަކުގައި އަޑުއުފުލަމުން ހިނގައިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހިސާން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދުކުރައްވާ އެމަނިކުފާނުގެ ކެމްޕޭނުގައި ބައިވެރިވެ ވަޑައިގަންނަވާފައިކަން ފާހަގަ ކޮށްލެވެއެވެ.

Ads by HDC
  1. ގޮއްރާޅު

    ރޮޒޭނާ ކިތައްމެވަރެއް އެރުވިއަސް ޕީޕީއެމަކަށް ރޮޒޭނާ ނުވައްދާނަން، ރޮޒޭނާ މިހާރު ބޭނުންވެގެން އެ އުޅެނީ ޕީޕީއެމަށް ވަންނަންވެގެން، ރޮޒޭނާއަކީ ރަހުމަތްތެރިކަން ވަށާޖައްސާގޮތަށް، ޕާޓީތައްވެސް ވަށާޖައްސަން ބޭނުންވާމީހެއް، ރޮޒޭނާއަކީ އެއްވެސް ޕާޓީއެއްގާ ހަކިހިފާނެ މީހެއްނޫން، އެތޯހެވީ މިތޯހެވީ ބަލަން ދުވާމީހެއް،އެއްފުޅައްމަތީން ފުންމާލިބަކަރި އަނެއްފުޅަށްމަތީންވެސް ފުއްމާލާނެ.
    ޑީއާރުޕީގާވެސް ރޮޒޭނާހުރީ މަތީމަގާމުގާ އެކަމު އެޕާޓީވެސް ރަނގަޅުނުވެގެން ޖަންޕު ޖެހީ އެމްޑީޕީއަށް ފައިސާދިނީމާ، މިހާރު ކޮބައިތޯ ޑީއާރުޕީ؟ ވުޖޫދުގާވެސް ނެތުނީ، އަދި އެމްޑީޕީއަށްވެސް މިކަންތައްގަނޑު ލައްވާލާނެ، މިހާރު އެދަނީ އެމަރުހަލާ ފެށިގެން، ފިތުނާއިގެ ސާލެއް އެމްޑީޕީތެރޭގާ ފަތުރިއްޖެ، މީގެ ކުރީގާ އެމްޑީޕީއަކީ ވަރަށް ވެސް ބަދަހި ގަދަކޮން އޮތް ޕާޓީއެއް، ކާކުގެ ސަބަބަކުންތޯ މިހާރު އެމްޑީޕީ ފޮތިފޮތި ވެގެން ރޫޅެމުން މިދަނީ.؟؟