ޚަބަރު

ގަން އެއާޕޯޓުގެ ހިއްސާ އާންމުންނަށް ދޭ ގޮތަށް ސިޔާސަތު ބަދަލުކުރާނަން: ރައީސް ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ސިޓީ ކައުންސިލާއި އާއްމުންނަށް ދޭ ގޮތަށް ސިޔާސަތު ބަދަލުކުރައްވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސ. މަރަދޫގެ މަސްވެރިންގެ ޖަގަހަ ހުޅުވައިދެއްވުމަށް ފަހު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިނގިރޭސި ކުންފުނިތަކުން ގަން އެއާފޯޓު ކޮމާޝަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުން ދާ ކަމަށެވެ.

“ކޮންމެ ފަހަރަކު އަޅުގަނޑާ އިނގިރޭސި ވަޒީރަކު ދިމާވިޔަސް އަދި އެމީހުންގެ ވިޔަފާރިވެރިންވެސް ކިރިޔާވެސް ރާއްޖެ އިނގޭ މީހަކު ކަމަށްވަންޏާ ގަން އެއާޕޯޓުގެ ވާހަކަ އާއި އައްޑޫގެ ވާހަކަ އެބޭފުޅުން އޮޅުން ފިލުވާ” ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އެކަމަކީ ކުރަން އުނދަގޫ ކަމެއް ނޫން ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތް ކުރިޔަށްދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން އައްޑޫ އެއާޕޯޓުގެ 60 އިންސައްތައަށްވުރެ ބޮޑުކޮށް އިތް ހިއްސާ އަދިވެސް އޮތީ ސަރުކާރުގެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑު އިރާދަކުރެއްވިއްޔާ ދެން އުފެދޭ އެމްޑީޕީ ސަރުކާރެއްގައި އެ ހިއްސާ އައްޑޫ ސިޓީ ކައުންސިލަށާއި އަދި އާއްމުންނަށް ބަދަލު ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ކުރިއަށް ގެންދާނަން” ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ހާއްސަކޮށް ސިޓީ ކައުންސިލަށް، ފިނޭންސް މިނިސްޓްރީގައި އޮތް ބޮޑު ބައި ލިބުމުން އެއާޕޯޓު ހަދާ ކުރިއަށް ގެންދަން ފަސޭހަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!