ޚަބަރު ސިޔާސީ

އިޔާޒު މި ފަހަރު ރައީސް ނަޝީދަށް ފާޑު ވިދާޅުވީ ޢަރަބި ބަހުން

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒު--

ޢަރަބި ބަހުން ކުރެއްވި ޓްވީޓެއްގައި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަކީ ކޮރަޕްޝަންގެ ބައްޕަ ކަަމަށް، ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދުގެ ސިޔާސީ ފިކުރަށް ވަރަށް ބޮޑަށް ތާއީދުކޮށް، ޓްވިޓަރގައި ހިޔާލު ފާޅު ކުރަމުން އަންނަ "ހަސަން ކުރުސީ"ގެ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓެއްގައި ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ގެސްޓްހައުސް ފަތުރުވެރިކަމުގެ ބައްޕަ ކަމަށް ލިޔެފައިވެއެވެ.

މި ޓްވީޓް، ރީޓްވީޓް ކުރައްވައި ޑރ.އިޔާޒު ޢަރަބި ބަހުން ލިޔުއްވި އިބާރާތުގެ ތަރުޖަމާ އަކަށް ވަނީ "ދިވެހިރާއްޖޭގެ ކޮރަޕްޝަންގެ ބައްޕަ" މިހެންނެވެ.

އަންނަ ހޮނިހިރު ދުވަހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނެއެވެ.

މި އިންތިޚާބުގައި ވާދަ ކުރައްވަނީ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން، އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އިންތިޚާބުގެ ކެމްޕެއިނު ފޯރި ބޮޑުވެފައިވާއިރު، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޢަދާލަތު ޕާޓީގެ މެމްބަރުން ވަނީ، މި އިންތިޚާބުގައި އެ ބޭފުޅުން ތާއީދު ކުރައްވަނީ ރައީސް ޞާލިޙަށްކަން ހާމަކުރައްވައިފައެވެ. އަދި އެ ބޭފުޅުން ގެންދަވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

 

Ads by Ooredoo
  1. މަރިޔަމް ބަސީރު

    އިޔާޒު އަދި ޒައިދަކީ އިތުބާރުގެއްލިފައިވާ އިލްމުވެރިއެއް. ދީން ހަތިޔާރަކަށް ހަދާތީއާއި ސިޔާސީ ތުންފުއްސަކަށް ވުމުގެ ސަބަބުން ތިވަނީ އަގުވެއްޓިފައި. މުނާފިޤުންގެ ސިފަތައް ދޫކުރައްވާ ޙައްޤުމަގަށް ރުޖޫއަވެލައްވާ.