ޚަބަރު އިޖުތިމާޢީ

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވެ ވިއްސާރަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައިފިއެވެ.

Ads by STELCO

މެޓު އޮފީހުން ވިދާޅުވީ، މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށާއި ބައެއް ސަރަހައްދުތަކަށް ބޯކޮށްވާރޭވެހޭނެކަމަށް ލަފާކުރެއްވޭކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެއްވޭކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު ރާޅު އުސްމިނުގައި 2 ފޫޓާއި 5 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ.

އިއްޔެ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ބޯކޮށް ވާރޭވެހި މޫސުން ގޯސްވެފައިވާއިރު ބައެއް ސަރަހައްދުތަކަށް ވަނީ ގުގުރާފައެވެ. މިގޮތުން މާލެއަށް 62.5 މިލިލީޓަރުގެ ވާރޭ އިއްޔެވަނީ ވެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!