ދީން

މުދަލުގެ ޒަކާތަކީ އިސްލާމީ އިޤްތިޞާދު ހަރުދަނާ ކުރުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެއް: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މުދަލުގެ ޒަކާތަކީ އިސްލާމީ އިޤްތިޞާދު ހަރުދަނާކުރުމަށް އެޅިފައިވާ މުހިންމު ބޮޑު ފިޔަވަޅެއް ކަމަށް ޚުތުބާގައި ބުނެފިއެވެ.

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއުއަކީ “ޒަކާތަކީ އިސްލާމްދީނުގެ ރުކުނެކެެވެ" މިއެވެ.

ހުތުބާގައި ބުނެފައިވަނީ މުދަލުގެ ޒަކާތަކީ އިސްލާމް ދީނުގެ ރުކުނެއް ކަމަށާއި ޒަކާތް ވާޖިބުވާވަރުގެ ތަނަވަސްކަން ހުރި ކޮންމެ މީހަކު މުދަލުގެ ޒަކާތް ދައްކަން ޖެހޭނެ ކަމަށެވެ.

އަދި އިސްލމަ ދީނުގައި ޒަކާތުގެ ދެ ބާވަތެއްވާ ކަމަށާއި އެއީ ފިތުރު ޒަކާތާއި މުދަލުގެ ޒަކާތް ކަމަށް ބުނެފައިވެއެވެ. ފިތުުރު ޒަކާތަކީ ރަމަޟާން މަހުގެ ރޯދަ ހިފުމާ ވިދިގެން އީދު ނަމާދަށް ދިޔުމުގެކުރިން ދައްކަންޖެހޭ ޒަކާތެއް ކަމަށާއި މުދަލުގެ ޒަކާތަކީ ތިމާހެ މުދަލުގެ ނިސާބު ހަމަވެ ހިޖުރީ ސަނަތުން އަހަރު ހަމަވާއިރު ތިމާގެ ފުރިހަމަ މިލްކުގައި އެ މުދާ ހުރެއްޖެނަމަ އޭގެ 40 ބައިކުޅައެއްބައި ނެރެންޖެހޭ ޒަކާތެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން ތަންވަސް ކަމާއި ރޯދި ބަރަކާތް އެކި މީހުންނަށް ދެއްވާފައިވަނީ އެކި މިންވަރަށް ކަމަށާއި މިކަމުގައިވެސް މަތިވެރިވެގެންވާ އިލާހީ ހިކުމަތްތަކެއްވާކަމަށް ޚުތުބާގައި ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!