ރައީސް ޞާލިހަށް ކޮށްދެވޭނެ އެންމެބޮޑު ހެޔޮކަމަކީ ރިޔާސީ ރޭހުން ދުރުވުމަށް ނަސޭޙަތް ދިނުން: ޓޮމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ ވީއެންމެ އަވަހަކަށް ރިޔާސީ ރޭހުން ދުރުވުމަށް ނަސޭހަތް ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
ޓޮމް ވިދާޅުވީ ރައީސް އަށް ނަސޭހަތް ދިނުމުން ގޮތް ދޫ ނުކުރައްވަން އުޅުއްވާނެނަމަވެސް އެއީ އެމަނިކުފާނަށް އެންމެ ރަނގަޅުގޮތް ކަމަށެވެ.
"ރައީސް އިބްރާހިމަށް ހެޔޮއެދޭ، ތިމާގެ ބޭފުޅުންނަށް ކޮށްދެވޭނެ އެންމެބޮޑު ހެޔޮކަމަކީ ވީއެންމެ އަވަހަށް ރިޔާސީ ރޭހުން ދުރުވުމަށް ނަސޭޙަތް ދިނުން. ގޮތްދޫނުކުރައްވަން ވެސް އުޅުއްވާނެ. އެކަމަކު، ކުޑަކުދިން ވެސް ބޭނުން ކޮންމެކަމެއް ކުރަން މައިންބަފައިން ފުރުސަތު ނުދެނީ، އެކުދިންނަށް ރަގަޅަކަށް" ޓޮމް ވިދާޅުވިއެވެ.
ޓޮމް މިހެން ވިދާޅުވީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގެ ކެމްޕޭނުގައި ވާދަކުރައްވާ ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ކޯޅުން ބޮޑުވެ ދެބޭފުޅުންނާއި ދެބޭފުޅުންގެ ސަޕޯޓަރުން އެއްބަޔަކު އަނެއްބަޔަކަށް ހޫނުގަދަ ބަހުގެ ހަމަލާތައް ރައްދު ކުރަމުން އަންނަނިކޮށެވެ. އަދި ރައީސް ޞާލިހުގެ ވާދަވެރި ކެންޑިޑޭޓް ރައީސް ނަޝީދުގެ ކެމްޕޭނުގައި މެމްބަރު ޠާރިގު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ އެކްޓިވިސްޓުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ތުހުމަތު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ،
އެންމެ ހެޔޮ ނަސޭހަތަކީ ކަނޑައެޅިގެން ބޮޑެތި ވަގުން ވެރިކަމަށް ގެންނަން މަސައްކަތް ނުކުރުން.
ދޭތެރެއަކުން ހަރުން ބޯދިއްކޮށްލާފަ މާމޮޅު އެއްޗެއް ބުނީދޯ!!! ވަގުންނަށް ދޭނެ ނަސޭހަތެއް ނެތްތަ؟؟