ޓޯނިވަލް ފުޓުބޯޅަ މެޗަށް އުރްވަޝީ ރާއްޖެ އައިސްފި

މިރޭ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓޯނިވަލް ފުޓުބޯޅަ މެޗު ޝަރަފުވެރިކޮށްފިނުމަށް އިންޑިއާގެ ފިލްމީ ތަރި އުރްވަޝީ ރައުޓޭލާ ރާއްޖެ އައިސްފި އެވެ.
އުރްވަޝީ ރާއްޖެ އައީ މިއަދު ހެނދުނެވެ. އޭނާއަށް މަރުހަބާ ކިޔުމުގެ ގޮތުން 1438 ބޮޑުބެރު ގްރޫޕުން ވަނީ ހުށަހެޅުންތަކެއް ހުށަހަޅައިދީފަ އެވެ.
މިރޭ އޮންނަ މެޗުގައި ބައްދަލުކުރަނީ ރާއްޖޭގެ ފިލްމީ ދާއިރާގެ ތަރިންނާއި އިންޑިއާގެ ޓީވީ ޑްރާމާތަކުގައި ފެންނަ ބައެއް މޫނުތަކެވެ. ބޮލީވުޑް ދެ ތަރިއަކު މިރޭގެ މެޗުގައި ކުޅޭނެ އެވެ. އެއީ "ތުރީ އީޑިއެޓްސް" ގެ ސަޕޯޓިންގް ރޯލަކުން ފެނިގެން ދިޔަ ޝަރްމަން ޖޯޝީ އާއި "މަސްތީ" ފަދަ ފިލްމުތަކުން ފެނުނު އާފްތާބް ޝިވްދަސާނީ އެވެ.
[caption id="attachment_174804" align="aligncenter" width="1024"]<img class="wp-image-174804 size-large" src="https://cdn.dhen.mv/wp-content/uploads/2023/01/093-Urvashi-Tournival-1024x767.jpg" alt="" width="1024" height="767" /> ޓޯނިވަލް ފުޓުބޯޅަ މެޗަށް އުރުވަޝީ ރާއްޖެ އައުން[/caption]
ޓޯނިވަލް ފުޓުބޯޅަ މެޗަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ ސެލެބްރިޓީ ކުޅިވަރު ހަފްލާ އެވެ. އެހެންނަމަވެސް ރާއްޖޭގެ ބައެއް ފިލްމީ ތަރިން ވަނީ މިހަފްލާ ބޮއިކޮޓް ކޮށްފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިރޭގެ މެޗުގައި ކުޅޭ ފިލްމީ ތަރިންނަށް ދޭން ހަމަޖެހުނު 5،000 ރުފިޔާ ފަހު ވަގުތު ވަނީ 2،500 ރުފިޔާއަށް ކުޑަކޮށްފަ އެވެ.
މިމެޗަށް އަންނަ ބޭރުގެ ތަރިންނަށް 50،000 ރުފިޔާއާއި 94،000 ރުފިޔާއާއި ދެމެދުގެ އަދަދެއް ދޭން ވަނީ ހަމަޖެހިފަ އެވެ. ރާއްޖޭގެ ބައެއް ފަންނާނުން މިހަފްލާ ބޮއިކޮޓް ކުރީ އަގުގައި މިހާ ބޮޑު ފަރަގެއް އުޅޭތީ އެވެ.
ޓޯނިވަލް ފުޓުބޯޅަ މުބާރާތުގެ އިތުރުން އަންނަ އާދިއްތަ ދުވަހުގެ ރޭ މިއުޒިކް އިވެންޓެއްވެސް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. މި އިވެންޓުގައި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕަލަކް މޫޗަލް ހުށަހެޅުންތަކެއް ހުށަހަޅައިދޭނެ އެވެ.






ކޮމެންޓް