Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް ނަޝީދަށް ދެވޭ ވޯޓަކީ ފަހަތައް އެޅޭނެ ފިޔަވަޅެއް: ޒައިދު

ރައީސް ނަޝީދަށް ދެވޭ ވޯޓަކީ ފަހަތައް އެޅޭނެ ފިޔަވަޅެއް: ޒައިދު

ރައީސް މުޙައްމަދު ނަޝީދަށް ދެވޭ ވޯޓަކީ ފަހަތައް އެޅޭނެ ފިޔަވަޅެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަަށް ދެވޭ ވޯޓަކީ ފަހަތަށް އެޅޭނެ ފިޔަވަޅެއްކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ. އަދި ގައުމުދެކެ ލޯބިވާ ދަރިއެއްގެ ހައިސިއްޔަތުން ވޯޓް ބޭކާރުކޮށް ނުލެއްވުމަށް ޒައިދު ވަނީ އެދިފައެވެ.

“ އެމްޑީޕީ މެންބަރުން މާދަމާ ހަނދާނުގައި ބަހައްޓަވާ ރައީސް ނަޝީދަކީ މަގުމައްޗަށް ކިތަންމެ ގަދަޔަސް، އިސްލާމީގައުމެއް ހިންގޭނެ ބޭފުޅެއް ނޫންކަން” ޒައިދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، އެ ޕާޓީގެ އިސް ލީޑަރު އިބްރާޙީމް މުހައްމަދު ޞާލިޙެވެ.

މާދަމާ ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓުފޮށި ބަހައްޓާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް