ޚަބަރު ސިޔާސީ

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ވޯޓް ފޮށި އޮޅި ފުލިދު އާއި ފެލިދޫގައި ވޯޓްލުން އަދިވެސް ނުފެށޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަދު ކުރިއަށް ގެންދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު ގިނަ މައްސަލަތަކެއް މިހާރުވެސް ވަނީ ފެންމަތިވެފައި ވާއިރު ވ. ފުލިދުއާއި ވ. ފެލިދޫގެ ވޯޓު ފޮށި އޮޅި ދެރަށުގެ ވޯޓުލުން ފަށާ ގަޑި ލަސްކޮށްފިއެވެ.

Ads by MWSC

މައުލޫމާތު ލިބިފައިވާގޮތުގައި ވ.ފެލިދޫގެ ވޯޓް ފޮށި ފުލިދުއަށް ފޮނުވިފައިވާއިރު ފުލިދޫގެ ވޯޓު ފޮށި ވަނީ ފެލިދު އަށް ގެންދެވިފައެވެ. މިމައްސަލަ ހައްލުކޮށް މިދެރަށުގައި ވޯޓްލުން ފެށޭނީ މިއަދު 11:00 ގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިއަދު ހެނދުނު 9:00 ގައި ވޯޓްލުން ފެށިގެން ކުރިއަށްދާއިރު ރައީސް ނަޝީދުގެ ޓީމުން ދަނީ އިދާރީ ގިނަ މައްސަލަތަކެއް ސަމާލުކަމަށް ގެންނަމުންނެވެ. މިގޮތުން ލ. މުންޑޫގައި ރައީސް ނަޝީދުގެ މަންދޫބުން ނެތި 9:00 ގެކުރިން ވޯޓްލާން ފެށި މައްސަލައަކާއި ވޯޓްލާ މަރުކަޒުގައި ތިބި އޮފިޝަލުންގެ އަތުގައި އޮތް ވޯޓް ލިސްޓާއި ޝާއިއުކޮށްފައިވާ ވޯޓް ލިސްޓާއި ދިމާނުވާކަމުގެ ގިނަ ޝަކުވާ ލިބެމުންދާކަމަށްވެސް ރައީސް ނަޝީދުގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ. އަދިވެސް އިތުރު މައްސަލަތަކެއް އެޓީމުން ވަނީ ހާމަކޮށްފައެވެ.

އެމްޑީޕީން މި ޕްރައިމަރީގައި 57،255 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު މިއަދުގެ އިންތިޚާބަކީ އެޕާޓީގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ އިންތިޚާބެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!