ޚަބަރު

ކުޅުދުއްފުށިން ވޯޓްލާނީ ސިޓީ ކައުންސިލެއް އިންތިހާބު ކުރަން: ޔާސިރު

ދެން އެމްވީ ، ދެން އޮންލައިން

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. ކުޅުދުއްފުށިން އިންތިހާބު ކުރާނީ ސިޓީ ކައުންސިލެއް ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދަށް، ދިހަހާސް މީހުން ހަމަވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ޔާސިރު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ ރައްޔިތުން ވޯޓުލާނީ ސިޓީ ކައުންސިލް އެއް އިންތިހާބު ކުރުމަށް ކަމަށެވެ. އަދި އެމްޑީޕީ އަކީ ވައުދުވާ އަދި ވައުދު ފުއްދާ ޕާޓީއެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޔާސިރު މިފަދައިން ވިދާޅުވެފައިވާއިރު އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ ވައުދު ކުޅުދުއްފުށީ ރައްޔިތުންނަށް ފުއްދައިދީފައި ނުވާތީ އެކަން ސާފުކުރުމަށް ރައީސްގެ ތަރުޖަމާނަށް ގުޅާލުމުން ވިދާޅުވީ މީޑިއާތަކުން އެ ހަބަރު ފެންނަ ކަމަށާއި މާދަމާގެ ވަގުތެއްގައި ރައީސްއާއި ބައްދަލުކޮށް އޭގެ މައުލޫމާތު ސާފުކޮށްދެއްވާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!