ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 73 އަހަރުގެ މީހަކު ހައްޔަރު ކޮށްފި

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.
މީޑިއާތަކަށް މިއަދު ހެނދުނު މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވަނީ، ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ހުށަހެޅީ، ރޭގެ ވަގުތެއްގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން، އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަންވެސް ހާމަ ކުރެއްވިއެވެ.
މި މައްސަލަ ތަހުޤީޤު ކުރަމުން އަންނަ ކަމަށް ވިދާޅުވެ، އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ނުދެއްވައެވެ.