“އަންނި ހައްޔަރު ކުރަން ޖެހިދާނެ”
އަންނި ހައްޔަރު ކުރަން ޖެހިދާނެ ކަމަށް ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅު ވެއްޖެއެވެ. އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަމަ އެކަނި “އަންނި ހައްޔަރު ކުރަން ޖެހިދާނެ” މިހެންނެވެ.
އަލްހާން ފަހުމީ މިހެން ވިދާޅުވެފައިވާއިރު އިކޮނޮމިކް މިނިސްްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެގޮތުން އެންމެ ފުރަތަމަ އޭގައި ސޮއި ކޮށްފައިވަނީ ވެސް ރައީސް ނަޝީދުކަން ފާހަގަ ކޮށްލެވެއެވެ.
މީގެ ކުރިންވެސް އަލްހާން ވަނީ ރައީސް ނަޝީދަށް ފާޑު ކިޔުއްވާފައެވެ. އެގޮތުން މި ސަރުކާރާ ވާދަވެރި ސިޔާސަތެއް އޮތީ ރައީސް މުހައްމަދު ނަޝީދުގެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި ވެއެވެ.
އަދި ހަމަ އެހެންމެ ހުރިހާ ކަމަކަށް މަޖިލީހުން ވަންނަން ނުޖެހޭކަމަށް ވެސް މީގެ ކުރިން އަލްހާން ވަނީ ވިދާޅުވެފައެވެ. އަލްހާން ވަނީ މާލޭގެ މޭޔަރު ކަމަށް ވެސްކުރިމަތި ލުމަށް ނިންމަވާފައެވެ
ކޮންމެވެސް މީހަކާ ތޮޅުން ނޫން ކަމެއް ނެތް..
ތޮޅެން ޖެހޭވަރުވީމާ ތޮޅެންވެސް ގެޅެންވެސް ޖެހޭނެ ކަލޯ.
އަނެއްކާވެސް ވަގުތު ކުޑަތަންވަނީ
މިރާއްޖޭގަ ޔާމީނު ވަރެއްނެތް ވެރިކަން ކުރާކަށް. ވެރިކަމަށް އުނދަގޫކުރި މީހުން ދޫނުކޮށް ތޭރިތަކަށް ވައްދަމުން ގައުމުގައި އަމާންކަމާއެކު ރައްޔިތުން އުޅުމަށް ފުރުސަތުދިން. ގައުމުތަރައްޤީކުރި. ރައްޔިތުންގެ މުސާރަ ކުޑަނުކުރޭ. މިހާރު ހެޔޮވެރިކަމުގެ މީހުން ވެރިކަމަށް އައިސް ދައުލަތް ކައިހުސްކޮށްފި. ދެންކާނެ އެއްޗެއްނެތުމުން އެމީހުނާ އެމީހުނާ ތަޅާފޮޅަނީ. ރައްޔިތުން ބިކަކޮށް ހާލުޖައްސައިފި.